back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ހައްދުންމަތީގައި އައު ވަދު ކަނދުފައްޗެއް އަޅައިފި

ހައްދުންމަތީގައި އައު ވަދުމަސް ކަނދުފައްޗެއް އަަޅައިފި އެވެ.

އަލަށް ކަނދުފަތިި އެޅީ އެއަތޮޅުގެ ފޮނަދޫގެ ދެކުނުން 4.5 މޭލު ބޭރުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އެ ކަނދުފަތީގެ ނަންބަރަކީ M10V01 އެވެ.

މި ހަފުތާގެ ތެރޭގައި ތިން އަތޮޅެއްގައި މިވަނީ ވަދު ކަނދުފަތި އަޅައި ނިންމާފަ އެވެ. އެއީ މިއަދު ލ. ފޮނަދޫގެ ބޭރުން އެޅި ކަނދުފައްޗާއި، އިއްޔެ ތ. ބުރުނީ ބޭރުގައި އެޅި ކަނޑުފައްޗާއި، މި ދިޔަ ބުދަ ދުވަހު މ އަތޮޅު ވޭވަށު ބޭރުގައި އެޅި ކަނދުފައްޗެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.

ވަދު ކަނދުފަތި ގާއިމު ކުރުމުގެ ޕްރޮގްރާމު ފެށީ މިދިޔަ އަހަރެވެ. މިޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުގައި ވަދު ކަނދުފަތި ގާއިމުކުރުމުގެ މަސައްކަތް މިދިޔަ އަހަރުވެސް ކުރިއަށް ގެންދިޔައެވެ. މިއަދު ގާއިމުކުރި ކަނދުފައްޗާއެކު ރާއްޖޭގެ ކަނދުފަތި ވިއުގައިގައި ހިމެނޭ ވަދު މަސް ކަނދުފަތީގެ އަދަދު ވަނީ 17 އަށް އަރާފަ އެވެ.

 

މިލިޔުމާއި ގުޅޭ