back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ތ އަތޮޅުގައި އައު ވަދުމަސް ކަނދުފައްޗެއް އަޅައިފި

ތ އަތޮޅުގައި އައު ވަދުމަސް ކަނދުފައްޗެއް އަަޅައިފި އެވެ.

އަލަށް ކަނދުފަތިި އެޅީ ތ. އަތޮޅު ބުރުނީގެ އިރު އުތުރުން 5.6 މޭލު ބޭރުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އެ ކަނދުފަތީގެ ނަންބަރަކީ K09V01 އެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.

ވަދު ކަނދުފަތި ގާއިމު ކުރުމުގެ ޕްރޮގްރާމު ފެށީ މިދިޔަ އަހަރެވެ. މިޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުގައި ވަދު ކަނދުފަތި ގާއިމުކުރުމުގެ މަސައްކަތް މިދިޔަ އަހަރުވެސް ކުރިއަށް ގެންދިޔައެވެ. މިއަދު ގާއިމުކުރި ކަނދުފައްޗާއެކު ރާއްޖޭގެ ކަނދުފަތި ވިއުގައިގައި ހިމެނޭ ވަދު މަސް ކަނދުފަތީގެ އަދަދު ވަނީ 16 އަށް އަރާފަ އެވެ. މި ހަފުތާގެ ތެރޭގައި ލ އަތޮޅުގައިވެސް އައު ވަދު ކަނދުފައްޗެއް އަޅާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

 

މިލިޔުމާއި ގުޅޭ