މުލަކަތޮޅުގައި އައު ވަދުމަސް ކަނދުފައްޗެއް އަަޅައިފި އެވެ.
އަލަށް ކަނދުފަތިި އެޅީ އެއަތޮޅު ވޭވަށު 4.05 މޭލު ބޭރުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
އެ ކަނދުފަތީގެ ނަންބަރަކީ K10V01 އެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.
ވަދު ކަނދުފަތި ގާއިމު ކުރުމުގެ ޕްރޮގްރާމު ފެށީ މިދިޔަ އަހަރެވެ. މިޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުގައި ވަދު ކަނދުފަތި ގާއިމުކުރުމުގެ މަސައްކަތް މިދިޔަ އަހަރުވެސް ކުރިއަށް ގެންދިޔައެވެ. މިއަދު ގާއިމުކުރި ކަނދުފައްޗާއެކު ރާއްޖޭގެ ކަނދުފަތި ވިއުގައިގައި ހިމެނޭ ވަދު މަސް ކަނދުފަތީގެ އަދަދު ވަނީ 15 އަށް އަރާފަ އެވެ. މި ހަފުތާގެ ތެރޭގައި ލ އަދި ތ އަތޮޅުގައިވެސް ވަދު ކަނދުފަތި އަޅާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.