back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރީ ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް: ޣައްސާން

ދިވެހި މަސްދޯނިތަކަށް އިންޑިއާ ކޯސްޓްގާޑުގެ ބޯޑިންގް ޓިމުން އެރީ އެދޯނިތަށް ރާއްޖޭގެ ކަނޑުގެ އިގުތިސާދީ ޚާއްސަ ސަރަހައްދުގައި މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދަނިކޮށް ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމަށް ހުޅުވާލި ފުުރުސަތުގައި މެންބަރުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ އިންޑިއާ ސިފައިން މަސްދޯނިތަކަށް އެރީ ރާއްޖޭގެ ސަރަހައްދުގައިކަން އެކި މަސްދަރުތަކުން ކަށަވަރު ކުރެވިފައިވާކަމަށެވެ.

”މި މައުލޫމާތު އަޅުގަނޑުމެންނަށް ކަށަވަރު ކުރެވިފަ އެބަހުރި ރަސްމީ މަސްދަރުތަކުން. އެއީ އިންޑިޔާގަ އަޅުގަނޑުމެންގެ ޑިފެންސް އެޑްވައިޒަރެއް، ބްރިގޭޑިއަލް ޖެނެރަލެއް ހުންނަވާ. އަދި ދިވެހިރާއްޖޭގަ އިންޑިޔާގެ ޑިފެންސް އެޑްވައިޒަރެއްވެސް ހުންނަވާ. އަދި އިންޑިޔާގެ ނޭވީ ފިއުޝަން ސެންޓަރގައި ދިވެހި ރާއްޖޭގެ ކޯސްޓްގާޑްގެ ލިއޭޒޯން އޮފިސަރެއް ހުރޭ. އަދި އޭގެ އިތުރުން، ފޮރިން މިނިސްޓްރީ މެދުވެރިކޮށް އަޅުގަނޑުމެން މި މައުލޫމާތު ވާނީ، މާލޭގަ ހުންނަ އިންޑިޔާގެ ހައި ކޮމިޝަނުން ކަށަވަރު ކޮށްފަ“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދޯނިފަހަރުގައި ހަރުކޮށްފައިވާ ޓްރެކިންގް ޑިވައިސް ތަކުންވެސް މަސްދޯނިތައް ހަރަކާތްތެރިވަމުން ދިޔައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން ސާބިތުވާކަމަށެވެ. އެގޮތުން، އެ ހާދިސާ ހިނގުމުގެ ކުރިންވެސް އަދި ހާދިސާ ހިނގި ވަގުތުވެސް މަސްދޯނިތައް ހަރަކާތްތެރިވަމުން ދިޔައީ ރާއްޖޭގެ ކަނޑުގެ އިގުތިސާދީ ޚާއްސަ ސަރަހައްދުގައިކަން ޔަގީންވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުވެފައި އެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ދައުލަތުގައި ނެތުން ކަމަށާއި، މި ފަދަ ހާދިސާތައް ހިނގުން ހުއްޓުވޭނީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރެވިގެންކަމަށް ވިދާޅުވި އެވެ.

”މިފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާ ގާބިލްކަން ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރުން. ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން އެހެނިހެން ގައުމުތަކަށް ވެސް ލިއްބައިދިނުން،“ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާކަމަށާއި، އެކަން ކާމިޔާބުވާނެކަމުގެ ޔަގީންކަން އަބަައޮތްކަމަށެވެ.

މިލިޔުމާއި ގުޅޭ