މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްގެ ކުންފުންޏެއް ކަމަށްވާ ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ، އެއިން ދަތުރު ކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލިއިރު، އޭގައި ތިބީ ކިތައް މީހުންނެއް ކަމެއް ބުނެފައެއް ނުވެ އެވެ. މިހާދިސާ ހިނގީ ކޮން ވަގުތެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.
ލޭންޑިންގ ކްރާފްޓް ހާދިސާއިން ސަލާމަތްކުރި 5 މީހަކު މިހާތަނަށް ޅ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭގެއިން އެކަކު ނިޔާވެފައިވާކަމަށް ޚަބަރު ލިބެއެވެ.
ތަފްސީލް އަންނަނީ…