back to top
28.7 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރަން ބާއްވާ ”މޫދު ފެސްޓް“ ފަށައިފި

ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރުމުގެގޮތުން ފިޝަރީޒް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ”މޫދުފެސްޓް“ ހަރަކާތް ފަށައިފިއެވެ.

މިފެސްޓިވަަލް ފަށްޓަވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއެވެ. މި ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަަވާ ސަފީރު ކޮންގ ޝިއާންހުއާ އާއި ފިޝަރީޒް މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވަޑައިގެންނެވި އެވެ.

ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައި، ކަނޑުގެ ދުވަސް ފާހަގަކުރުމަށް ފިޝަރީޒް މިނިސްޓްރީން ބޭއްވި ކުއިޒްގައި ބައިވެރިވެ، ވަނަތައް ހޯދި ފަރާތްތަކަށް މިނިސްޓަރު ޝިޔާމާއި، ސަފީރު ކޮންގ ޝިއާންހުއާ ސެޓިފިކެޓް ހަވާލުކޮށްދެއްވިއެވެ.

ފެސްޓިވަލް ފެށީ، ”ޑިސްކަވަރ ޑައިވް“ ގެ ނަމުގައި ބޭއްވި ހަރަކާތަކުންނެވެ. އެ ހަރަކާތުގައި 40 އަށްވުރެ ގިނަ ކުދިން ބައިވެރިވިއެވެ. ފެސްޓިވަލްގައި ފިޝަރީޒް މިނިސްޓްރީ، މާންދޫ ފިޝަރީޒް، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ، މަންތާ ޓްރަސްޓް، މޯލްޑިވްސް ވޭލް ޝާކް ރިސާޒް ޕްރޮގްރާމް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، މޯލްޑިވްސް ޕްލާސްޓިކް އެލަޔަންސް، ސޭވް ދަ އޯަޝަންސް، ޕާލޭ އަދި ކްލީން މޯލްޑިވްސްގެ ސްޓޯލްތައް ބަހައްޓާފައި ހުއްޓެވެ. އެ ސްޓޯލްތަކުން އެ ތަންތަނުން ކުރަމުންދާ މަސައްކަތްތައް ދައްކާލުމުގެ އިތުރުން، ކަނޑާއި ފަރުގެ ދިރުންތަކުގެ މައުލޫމާތުދީ، އާންުމުން ކަނޑާއި މެދު ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ހިއްސާކޮށް، ތަފާތު މަޖާ ގޭމްތައް ކުޅުމުގެ ފުރުސަތު ސްޓޯލްތަކުގައި ކުރިޔަށް ގެންދެެއެވެ. އާންމުކޮށް ހުރިހައ ފަރާތްތަކައް މި ސްޓޯލްތަކަށް ޒިޔާރަތް ކުރެވޭނެއެވެ.

”މޫދު ފެސްޓް“ ގެ ހަރަކާތްތައް ހަވީރު 6 ޖެހުމާ ހަމަޔަށް ކުރިޔަށްދާނެއެވެ. 6 ޖަހަންދެން ހިލޭ މޫދު ކުޅިވަރު ހަރަކާތްތައް ކުރިޔަށް ގެންދަން ރާވާފައިވާއިރު، މި ހަރަކާތްތަކުގައި ހިލޭ ބައިވެރިވެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ. ފެސްޓިވަލް ކުރިޔަށްދަނީ ހުޅުމާލެ ދިރާގު ކައިރީން ބީޗް ސަރަހައްދުގައެވެ.

”މޫދު ފެސްޓް“ ކުރިޔަށް ގެންދަނީ އުރީދޫ މޯލްޑިވްސް، ޑައިވް ކްލަބް މޯލްޑިވްސް، މޫދު ބުޅާ، ޑައިވާސް ލޮޖް، ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)، ހޮރައިޒަން ފިޝަރީޒް، އެމްޑަބްލިއުއެސްސީ، ހަޔަރ ވޭ، ރެޑް ވޭވް، އެތިއޯންގެ އެހީތެރިކަމާއެކުގައެވެ.

މިލިޔުމާއި ގުޅޭ