back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކުޅުދުއްފުށީ މަސް މާރުކޭޓުން ހުސްވެފައިވާ މަސްކަނޑާ ޖާގައިގަ ޚިދުމަތް ދިނުމުގެ ފުރުޞަތު ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީ މަސްމާރުކޭޓުން ހުސްވެފައިވާ ޖާގާގައި ރަޖިސްޓްރީ ވެގެން މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ، އެސިޓީގެ މަސް މާރުކޭޓުން މިހާރު 1 ޖާގަ ހުސްވެފައިވާ ކަމަށެވެ. އެއީ ޖާގަ ނަންބަރ 5 (ފަހެއް) ކަމަށާއި، މިޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ 30 އޯގަސްޓް 2025 ގެ ނިޔަލަށް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ސިޓީ ކައުންސިލުން ވަނީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ޖޫން 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ”ކުޅުދުއްފުށި މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް އެދި ހުށަހަޅާ ފޯމް“ ހުށަހެޅުއްވުމަށް އެދިފައެވެ. މިކަމަށް އެދޭ ފޯމް ރަސްމީ ގަޑީގައި  ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކައުންސިލް އިދާރާގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅާ ފަރާތްތަކުގެ އަދަދު އެކަކަށް ވުރެން އިތުރުވެއްޖެނަމަ ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ޤުރުއަތު ލައިގެންކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

މަސްކަނޑާ އަށިތައް ދޫކުރުމާ ގުޅޭ އިތުރު މައުލޫމާތު ކައުންސިލް އިދާރާގެ ވެބްސައިޓްގައި ޝާއިރު ކުރެވިފައިވާ ”ކުޅުދުއްފުށީ މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރި އުޞޫލުން މަސް ގަނެވިއްކާ ފަރާތްތަކުން ޢަމަލުކުރާ އުޞޫލު“ އިން ބަލާލެވޭނެއެވެ.

ކުޅުދުއްފުށި ސިޓީ މަސް މާރުކޭޓް ހުޅުވީ 2015ވަނަ އަހަރުއެވެ. އެތާނގައި މަސްކަނޑާ 8ޖާގަ ހުރެއެވެ.

މިލިޔުމާއި ގުޅޭ