ދ.ބަނޑިދޫ ކައުންސިލުން އެއްގަމު އުޅަނދާއި، އޮޑިދޯނި ފަހަރުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
ބަނޑިދޫ ކައުންސިލުން ބުނީ، އެރަށުގައި ދުއްވާ އެންމެހާ އެއްގަމު އުޅަނދާއި (މޮޓޯ ސައިކަލް، ބެޓެރީ ބައިސްކަލް، ބަގީ، ޕިކަޕް ފަދަ އުޅަނދުތައް) އޮޑިދޯނިފަހަރުގެ (ދޯނި، ލާންޗު، ޑިންގީ ފަދަ އުޅަނދުތައް) މަޢުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލައި އަދާހަމަކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
މި ދަފްތަރު ފުރިހަމަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ބަނޑިދޫ ކައުންސިލުން ވަނީ، އެފަދަ އުޅަނދުފަހަރު މިހާރު ބޭނުންކުރާ ފަރާތްތަކުން، އުޅަނދުގެ ރަޖިސްޓްރީ ކޮޕީ، ވެރިފަރާތުގެ އައި.ޑީ ކާރޑްގެ ދެފުށުގެ ސާފު ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު 14 ޖުލައި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް އެދިފައެވެ. އަދި އުޅަނދު ރަޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތަކުންވެސް ވެރިފަރާތުގެ އައި.ޑީ ކާރޑްގެ ދެފުށުގެ ސާފު ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ދީފައިވާ ސުންގަޑިގެ ކުރިން ހުށަހެޅުމަށްވެސް ކައުންސިލުން އެދިފައި ވެއެވެ.
މި މަޢުލޫމާތު އީ-އީމެއިލް މެދުވެރިކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލް ކޮށްދެއްވުމަށް ކައުސިލުން އެދިފައިވެއެވެ.