މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) ގެ ކަށަަވަރު ޓީމް މިހާރު ލާމު އަތޮޅަށް ކުރަމުންދާ ”ސޭލްސް ޕްރޮމޯޝަން“ ދަތުރުގައި އެއަތޮޅުގެ ބައެއް ރަށްތަކަކަށް ޒިޔާރަތްކޮށްފި އެވެ.
މިމަހުގެ 16 އިން 21ގެ ނިޔަލަށް އެ ޓީމުން ލާމު އަަތޮޅަށް ޚާއްސަކޮށްގެން ކުރިޔަށްގެންދާ މިދަތުރުގައި މިހާތަނަށް ވަނީ، މާވަށް، އިސްދޫ އަދި ކަލައިދޫއަށް ޒިޔާރަތްކޮށްފައެވެ. މި ދަތުރުގައި، ކަސްޓަމަރުންނާ ބައްދަލުކޮށް، ބަނދަރު ސަރަހައްދަށް ޒިޔާރަތްކޮށް، އިންޖީނު އިންސްޕެކްޝަންތައް ހަދައި، އިންޖީނުގެ ކަންޑިޝަން ބަލައި، އެމްޓީސީސީން ވިއްކާ އުފެއްދުންތަކުގެ މައުލޫމާތާއި އަދި ޚިދުމަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.
ކަށަވަރު ޓީމް ލާމު އަތޮޅަށް ކުރަމުންދާ މި ދަތުރުގައި އެ އަތޮޅުގެ ބައެއް ރަށްރަށުގައި، ”ޓެކްނިކަލް އެވެއަރނެސް ޕްރޮގްރާމް“ ބޭއްވުމުގެ އިތުރުން، އެމްޓީސީސީން ވިއްކާ ޔަންމާ އިންބޯޑް އަދި އައުޓްބޯޑް އިންޖީނާ ބެހޭ މައުލޫމާތު ހިއްސާކުރަމުން ދާނެއެވެ.