މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އުތުރުގެ އަތޮޅުތަކަށް ހަވީރު 16:00 އިން މިރޭ 09:00އާ ހަމަޔަށް ނެރުނު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށެވެ. އަދި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި ކަނޑުތައްވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، މިއަދު ރާއްޖޭގެ ހުރިހައި ސަރަހައްދަކަށްވެސް ކަނޑު ގަދަވާނެކަމަށެވެ. ރާޅު ނަގާނީ 5-7 ފޫޓު އުސްމިނުގައިކަމަށް ވެސް ލަފާކޮށްފައި ވެއެވެ.