back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކަޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. އަތޮޅުގައި

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތުދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ށ. އަތޮޅުގައި ފަށައިފިއެވެ.

ށ. އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒުކޮށް ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ މި ޕްރޮގްރާމަކީ މެރިން ޕޮލިސް އާއި ށ. އަތޮޅު ޕޮޮލިސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިމަހުގެ 13 ވަނަ ދުވަހު މި ޕްރޮގްރާމް ފަށާފައިވާއިރު، މިހާތަނަށް ފުނަދޫ، ފޯކައިދޫ، ޅައިމަގު އަދި ކޮމާންޑޫގައި ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ސެޝަންތަކުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ތަންފީޒް ކުރަމުންދާ ގާނޫނާއި ގަވައިދުތަކާއި، މެރިޓައިމް ލޯ އެންފޯސްމަންޓް އޭޖެންސީސްތަކާއި، ސަލާމަތީ ގޮތުން ހުރުން ލާޒިމް އާލާތްތަކާއި، ހާދިސާތައް ދިމާވާ މައިގަނޑު ސަބަބުތަކާއި ކޮލީޝަން ރެގިއުލޭޝަންއާ ގުޅޭ މައުލޫމާތު ބައިވެރިންނާ ހިއްސާކޮށްފައި ވެއެވެ. އަދި، ރިސޯޓުތަކުގެ ފަޅުގެ ސަރަހައްދުތަކާއި، ފީނުމުގައި މަނާ ސަރަހައްދު ބުނެދީ، ފީނުމުގައި ސަމާލުކަން ދޭންވީ މުހިންމު ކަންކަމާއި ޖޫރިމަނާތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ، މި ޕްރޮގްރާމް ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދިި މި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ސެޝަންތަކުގައި ކޮންމެ ރަށެއްގެވެސް އޮޑިވެރިންނާއި މަސްވެރިންނަށް އަމާޒުކޮށްގެން މުހިންމު މައުލޫމާތުތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ށ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށާއި ރަށްރަށުގެ ސްކޫލު ދަރިވަރުންނާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދާނެކަމަށް ފުލުހުން ބުންޏެވެ.

މިޕްރޮގްރާމް ފެށުމުގެ ގޮތުން މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިޔާމް އެވެ. މިރަސްމިއްޔާތުގައި އަޕަރ ޕޮލިސް ރީޖަން ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީ އާއި މެރިން ޕޮލިސްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޙަމީދު ޔޫސުފް އާއި ށ. އަތޮޅު ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުﷲ ބައިވެރިވަޑައިގެންނެވިއެވެ.

މިލިޔުމާއި ގުޅޭ