back to top
28.6 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލުނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާ ހަމަޔަށެވެ. ހެނދުނު 11:45އިން ހަވީރު 04:00އާ ހަމަޔަށް އެ އަތޮޅުތަކަށް ނެރުނު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށެވެ. އަދި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި ކަނޑުތައްވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، މިއަދު ރާއްޖޭގެ ހުރިހައި ސަރަހައްދަކަށްވެސް ކަނޑު ގަދަވާނެކަމަށެވެ. ރާޅު ނަގާނީ 5-7 ފޫޓު އުސްމިނުގައިކަމަށް ވެސް ލަފާކޮށްފައި ވެއެވެ. 

މިލިޔުމާއި ގުޅޭ