back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މީދޫ އައިސް ޕްލާންޓްގެ މަސައްކަތް ޖުލައި 26އަށް ނިންމާލެވޭތޯ ދަނީ މަސައްކަތް ކުރަމުން: މިފްކޯ

ދ. މީދޫގައި ގާއިމުކުރާ އައިސް ޕްލާންޓްގެ މަސައްކަތް އަންނަ ޖުލައި 26އަށް ނިންމާލެވޭނެވަރުވާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.

އައިސް ޕްލާންޓްގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ”ކެޔޮޅާ“ އާ ހިއްސާކުރައްވަމުން، މިފްކޯގެ މެނޭޖަރ އޮޕަރޭޝަންސް ހާމިދު ނަޒީމް ވިދާޅުވީ، އެ މަޝްއޫއަށް ބޭނުންވާ ބައެއް ސާމާނު ގެންނަން އޯޑަރު ދީފައިވާކަމަށާއި، އެ ސާމާނު މާދަމާ ރާއްޖެއަށް އަންނާނެކަމަށް ބެލެވޭކަމަށެވެ. އަދި މިހާރު މަސައްކަތްކުރަމުން ދަނީ އަންނަ މަހުގެ 26 އަށް އައިސް ޕްލާންޓް ނިންމާލެވޭތޯ ކަމަށް ނަޒީމް ވިދާޅުވިއެވެ.

އައިސް ޕްލާންޓްް މަޝްރޫއުގެ މަސައްކަތައް ބަލާއިރު، ހުރިހައި ސިވިލް މަސައްކަތްތަކެއް ނިންމައި، ޖަނަރޭޓަރުވެސް ވަނީ އިންސްޓޯލްކޮށްފައެވެ.

އަމަލީ މަސައްކަތް ފަށާތާ 8 މަސް ދުވަސްތެރޭގައި ނިންމާގޮތަށް، މީދޫ އައިސްޕްލާންޓް އެޅުމުގެ މަސައްކަތް މިފްކޯ އާ ހަވާލުކުރީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ދުވާލަކު 30 ޓަނުގެ އައިސް އުފައްދައި، 50 ޓަނުގެ އައިސް ރައްކާކުރެވޭގޮތަށް ގާއިމުކުރެވޭ އައިސް ޕްލާންޓަކީ ސަރުކާރުގެ ޕަބްލިކް ސްކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް(ޕީއެސްއައިޕީ) ގެ ދަށުން 8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.

މިފްކޯއިން ގެންދަނީ ށ.ފުނަދޫ އާއި، ދ.ބަނޑިދޫގައިވެސް އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިދެ އައިސް ޕްލާންޓްގެވެސް ސިވިލް މަސައްކަތްތައް މިހާުރު ކުރިޔަށްދާކަމަށް މިފްކޯއިން ބުންޏެވެ.

މިލިޔުމާއި ގުޅޭ