back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިޔަރާއި މަޑިތައް ރައްކާތެރިކުރުމަކީ ކަނޑުގެ ދިރުންތަކުގެ ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް: މިނިސްޓަރު ޠާރިގް

ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މިޔަރާއި މަޑިތައް ރައްކާތެރިކުރުމަކީ ކަނޑުގެ ދިރުންތަކުގެ ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޠާރިގް މިހެން ވިދާޅުވީ، ނެތިދިއުމުގެ ބިރު ހީވެފައިވާ މިޔަރާއި މަޑި ސަލާމަތްކުރުމަށް އެކުލަވާލެވުނު ގްލޯބަލް ކޯލިޝަން ތަޢާރަފުކުރުމަށް ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އިވެންޓް ބާއްވާފައިވަނީ މިހާރު ފްރާންސްގެ ނީސްގައި ކުރިޔަށްދާ ޔުނައިޓެޑް ނޭޝަން އޯޝަން ކޮންފަރެންސްގެ ހަވާސާގައެވެ.

މި އިވެންޓުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ކަނޑުގެ ދިރުންތަކުގެ ތެރެއިން މޫދު މިޔަރާއި މަޑީގެ މުހިންމުކަމާއި، މި ދިރުންތައް ރައްކާތެރިކުރުމަށް ރާއްޖެއިން ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އެގޮތުން، ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މިޔަރާއި މަޑި އަކީ ކަނޑުގެ ދިރުންތަކުގެ ތެރެއިން އެންމެ މުހިންމު ބައެއް ކަމަށާއި، މި ދިރުންތައް ރައްކާތެރިކުރުމަކީ ކަނޑުގެ ދިރުންތަކުގެ ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި މި ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތައް ހިއްސާކުރައްވާފައި ވެއެވެ. އޭގެތެރޭގައި، މި ދިރުންތައް ހިފުން މަނާކުރުމާއި، އެ ދިރުންތައް އުޅޭ ސަރަހައްދުތައް ޙިމާޔަތްކުރުން ހިމެނޭކަން މިނިސްޓަރ ޠާރިޤް ފާހަގަކުރެއްވިއެވެ.

ނެތިދިއުމުގެ ބިރު ހީވެފައިވާ މިޔަރާއި މަޑި ސަލާމަތްކުރުމަށް އެކުލަވާލެވުނު ގްލޯބަލް ކޯލިޝަންގައި ރާއްޖެ ބައިވެރިވެ، މި މަސައްކަތުގައި އިސް ދައުރެއް އަދާކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުމާއި ގުޅޭ