back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އެމްއެންޔޫއާއި ސޮނީ ފިޝިންގް ގުޅިގެން ސްޕޯޓްސް ފިޝިންގްއާ ގުޅޭ ސެމިނާއެއް ބާއްވަނީ

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ(އެމްއެންޔޫ) އާއި ސޮނީ ފިޝިންގ ގުޅިގެން ސްޕޯޓްސް ފިޝިންގްއާ ގުޅޭ ސެމިނާއެއް ބާއްވަން ނިންމައިފި އެވެ.

”މުނިފޫހި ފިލުވުމުގެގޮތުގައި މަސްވެރިކަންކުރާ ފަރާތްތަކާއި ސައިންސްގެ މުޖުތަމައުއާއު އޮންނަންޖެހޭ ގުޅުން ހަރުދަނާކުރުން“ މިނަމުގައި ބާއްވާ ސެމިނާ އޮންނާނީ މާދަމާ މެންދުރުފަހު 02:15 އިން 03:45 އަށް އެމްއެންޔޫގެ ސެންޓްރަލް އޮޑިޓޯރިއަމް-1 ގައެވެ.

ދިވެހި ބަހުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސެމިނާގައި މުނިފޫހި ފިލުވުމަށާއި، ކުޅިވަރުގެގޮތުގައި ކުރެޥޭ މަސްވެރިކަމާއި، ކަނޑުފަޅުގެ ދިރުންތަކުގެ އިލްމަށް ޝައުގުވެރިކަން ހުންނަ ހުރިހައި ފަރާތްތަކަށް ބައިވެރިވެވޭނެކަމަށް އެމްއެންޔޫއިން ބުންޏެވެ.

ސެމިނާ ހުށަހަޅައިދެއްވާނީ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ޑީންއަކަށް ޑރ. އަހްމަދު ރިޔާޒު ޖައުހަރީ، ކެޕްޓަން މުހައްމަދު އަންވަރު، މޫސާ ކަލީމް، އަޝްވާގް އިސްމާއީލް، މުހައްމަދު އިބްރާހިމް(މޯޑްބެ) އަދި އަހްމަދު އަފްސަލް ރަޝީދު(އަފޫ/ޕްރައިމް)އެވެ. މި ސެމިނާ އިޝާރާތް ބަހުންވެސް ތަރުޖަމާކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. ތަރުޖަމާކޮށްދެއްވާނީ ސައީދު އަޠުހަރުއެވެ.

މިލިޔުމާއި ގުޅޭ