back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ދުނިޔޭގެ ކަނޑުތަކުގެ ދުވަހު ރައީސް އެދިވަޑައިގަތީ ކަނޑު ދެނެގަނެ، އިޙްތިރާމްކޮށް ރައްކާތެރިކުރުމަށް އަޒުމް އައުކުރުމަށް!

އަޅުގަނޑުމެން އެންމެންނަށް ދިރިތިބުމަށް އެހީތެރިވެދޭ ކަނޑު ދެނެގަތުމަށާއި، އިޙްތިރާމްކުރުމަށާއި އަދި ރައްކާތެރިކުރުމަށް އަޒުމް އައުކުރުމަށް ރައީސް ޑރ. މުހައްމަދު އެދިވަޑައިގެންފި އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން އެމަނިިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ދުނިޔޭގެ ދުޅަހެޔޮކަން ފެށިގެން އަންނަނީ ކަނޑުތަކުގެ ދުޅަހެޔޮކަމާ ހަމައިން ކަމަށެވެ. އަދި ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް، ކަނޑަކީ ހަމައެކަނި ވަސީލަތެއް ނޫންކަމާއި އެއީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ މައިގަނޑު ބައެއްކަމަށް އެމަނިކުފާނު ސިފަކުރައްވާފައި ވެއެވެ. އަދި ދިވެހިންގެ ދިރިއުޅުން ހަމަޖައްސަމުން ދަނީ ކަނޑުގެ ވަސީލަތްތަކުން ކުރާ މަސްވެރިކަމާއި ޓޫރިޒަމް އަދި އެހެނިހެން މަސައްކަތްތަކުންކަން ރައީސް ފަހަގަކުރެއްވިއެވެ.

ރައީސްގެ ޕޯސްޓުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތައް ހޫނުވެ، މަސްތަކުގެ އާބާދީތައް ބަދަލުވެ އަދި ގޮނޑުދޮށްތައް ގިރަމުންދާކަން ފާހަގަކުރައްވައި، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގައި އަޅުގަނޑުމެން އެންމެންނަށް ދިރިތިބުމަށް އެހީތެރިވެދޭ ކަނޑު ދެނެގަތުމަށާއި، އިޙްތިރާމްކުރުމަށާއި އަދި ރައްކާތެރިކުރުމަށް އަޒުމް އައުކުރުމަށް އިލްތިމާސް ކުރައްވާފައި ވެއެވެ.

ކަނޑުތަކަށް ކުރިމަތިވާ ނުރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ މަގުސަދުގައި، ކޮންމެ އަހަރެއްގެވެސް ޖޫންމަހުގެ 8 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ އދ.ގެ ހުރިހާ މެމްބަރު ގައުމުތަކުން ފާހަގަކުރާ ދުވަހެކެވެ. ކޮންމެ އަހަރަކުވެސް އާ ޝިއާރެއް ކަނޑައަޅައި، އެކި ފެންވަރުގައި ދަނީ ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ. މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރަކީ ”ވޮންޑާ: ސަސްޓެއިން ވަޓް ސަސްޓެއިން އަސް“ އެވެ.

މިލިޔުމާއި ގުޅޭ