back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ހޯމަ ދުވަހުން ފެށިގެން ކުރިޔަށް އޮތް ފަސް ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފި

އަންނަ ހޯމަ ދުވަހުން ފެށިގެން ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް އާންމުކޮށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭކަމަށެވެ. އެހެންކަމުން 9 ޖޫންވާ ހޯމަ ދުވަހުން ފެށިގެން ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް ވައި ބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް ބުނެފައި ވެއެވެ.

ވައިޖެހޭނޭކަމަށް ލަފާކޮށްފައިވަނީ، އާންމުގޮތެއްގައި ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި، ވިލާގަނޑުގައި ގަނޑިއަކު 40 މޭލާއި 45 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށިގެންވާކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

ކުރިޔަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.

މިލިޔުމާއި ގުޅޭ