back to top
27 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިފްކޯ މަސް ފިހާރަތައް ދެން ހުޅުވާނީ އީދު ބަންދަށްފަހު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ މަސް ފިހާރަތައް އީދަށް ބަންދުކޮށްފި އެވެ.

މިފްކޯއިން ބުނީ، ހައްޖު ދުވަހާއި އަޟްހާ އީދުގެ މުނާސަބަތުގައި މިމަހުގެ 5-9 އަށް އެކުންފުނީގެ މަސް ފިހާރަަތައް ބަންދުވާނެކަމަށެވެ. އެހެންކަމުން މާލޭގައި ހުންނަ މިފްކޯގެ މަސް ފިހާރައާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައި ހުންނަ މަސްފިހާރަތައް ދެން ހުޅުވާނީ މިމަހުގެ 10 ވަނަދުވަހުގެ 8:30 ގައި ކަމަށް މިފްކޯއިން ބުނެފައި ވެއެވެ. މިފްކޯއިން ވަނީ މިކަމާއި ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

އީދާއި ގުޅިގެން އަންނަ އާދީއްތަ ދުވަހާއި ހަމަޔަށް މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްތަކުންނާއި، ބޯޓްތަކުންވެސް މަސްވެރިން އަތުން މަސް ނުގަންނަން ވަނީ ނިންމާފަ އެވެ. އަދި އެ މުއްދަތުގައި އައިސް ޕްލާންޓްތަކުން އައިސްވެސް ނުވިއްކާނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ