back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކުޑަހުވަދޫ ބަނދަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ދ. ކުޑަހުވަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނީ، ދ. ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއަށް ބޭނުންވާ ކޮންކްރިޓް ބްލޮކް ކުޑަހުވަދޫ ސައިޓަށް ގެންގޮސް، މަޝްރޫޢުގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން މިހާރު ކުރިއަށްދަނީ އެއްގަމު ތޮށިލުމުގެ މަސައްކަތްކަމަށެވެ.

ހަތަރުހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ކުޑަހުވަދޫ ރައްޔިތުން އާންމުކޮށް މަސައްކަތް ކުރަނީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައެވެ. އަދި އެރަށަކީ، އެއަތޮޅުގެ ވެރިރަށަށްވުމާއެކު، އެއަތޮޅުގެ އެހެން ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންވެސް އިދާރ،ީ ޞިއްހީ އަދި ވިޔާފާރި ފަދަ އެކި ޒަރޫރީ ބޭނުންތަކަށް އެ ރަށަށް ޒިޔާރަތްކުރަމުންދާތީ، ބަދަނރުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑެވެ. ޚާއްސަކޮށް މަސްވެރި އޮޑިފަހަރަށާއި، މުދާ އުފުލާ ބޯޓުފަހަރުތަކާއ،ި ލޯންޗުތަކާއި، ޑިންގީތައް ބަނދަރުގައި އަޅާފައި ބޭއްވުމުން ބަނދަރު އޮންނަނީ ވަރަށް ބޮޑަށް ބާރުބޮޑުވެ ތޮއްޖެހިފައެވެ. މި ބަނދަރު ތަރައްގީކޮށް ނިމުމާއެކު، ދަތުރުފަތުރާއި އަދި އިގުތިސާދީ ގޮތުން ކުޑަހުވަދޫ ރައްޔިތުންނަށް ގިނަ ފައިދާތަކަކާއި މަންފާތަކެއް ކުރާނޭކަމަށް ގަބޫލުކުރާކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

މި މަޝްރޫއަކީ 83.33 މިލިއަން ރުފިޔާއަށް، 500 ދުވަހުގެ ތެރޭގައި ނިންމުމަށް، 2023ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި، ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެދަށުން، 103,122 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއ،ި 5,545 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއ،ި 180 މީޓަރުގެ ބޭރުތޮއްޓެއް ލުމާއ،ި 372 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއ،ި 115 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 70 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއ،ި 90 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއ،ި 2,265 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމާއ،ި ބަނދަރު ބައްތި އާއި މޫރިންގް ބޯއީސް ހަރުކުރުމުގެ
މަސައްކަތް ހިމެނެއެވެ.

މިލިޔުމާއި ގުޅޭ