back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކުރިޔަށް އޮތް ތިން ދުވަހު މިފްކޯގެ ފެސިލިޓީތަކާއި އައިސް ޕްލާންޓްތައް ބަންދު!

ކުރިޔަށް އޮތް ތިން ދުވަހު މިފްކޯގެ ފެސިލިޓީތަކާއި ބޯޓްތަކުން މަސް ނުގަންނާނެކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނީ ހައްޖު ދުވަސް ކަމުގައި ވާ ބުރާސްފަތި ދުވަހާއި، އަޟްހާ އީދާއި ގުޅިގެން ވަޅު އީދު ދުވަސްކަމަށްވާ ހޮނިހިރު ދުވަހަކީ، ވިޔަފާރި ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވާކަމަށެވެ. އެހެންކަމުން، އެދެ ދުވަހު މިފްކޯގެ ބޯޓްފަހަރުންނާއި، ފެސިލިޓީތަކުން މަސް ނުގަންނަނާނެކަމަށް މިފްކޯއިން ބުންޏެވެ. ހުކުރު ދުވަހަކީ އާންމުކޮށް މިފްކޯއިން މަސް ގަންނަ ދުވަހެއް ނޫނެވެ. އެހެންކަމުން ޖެހިގެން އަންނަ ތިން ދުވަހު މިފްކޯއިން މަސް ނުގަންނާނެއެވެ. މިފްކޯއިން ބުނީ، މި ދުވަސްތަކުގައި އެކުންފުނިން ހިންގާ އައިސް ޕްލާންޓްތަކުން މަސްވެރިންނަށް އައިސްވެސް ނުވިއްކާނެކަމަށެވެ.

މި ދުވަސްތައް ބަންދުކުރުމުގެ ކުރިން މިފްކޯއިން ވަނީ އެކުންފުންޏާއެކު ވިޔަފާރީގެ މުއާމަލާތްކުރަމުންދާ މަސް އޮޑިފަހަރަށް އެކަން ކުރިޔާލާ އަންގާފަ އެވެ. އާންމުކޮށް ހައްޖުދުވަހާއި އީދު ދުވަހަކީ އޮޑިފަހަރުތައް މަހަށް ފުރާ ދުވަސްތަކެއް ނޫނެވެ. ގިނަ އޮޑިފަހަރުތައް އޮންނަނީ ފަޅުގައި އަޅާފަ އެވެ.

މިލިޔުމާއި ގުޅޭ