back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ބޮޑު އީދު ފާހަގަކުރުމަށް ދާންދޫގައި މަސްރޭހެއް ބާއްވަނީ

ގއ. ދާންދޫގައި މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ގޮތުން ހިންގޭ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ފަރު މަސް ރޭހެއް ބާއްވަން ނިންމައިފި އެވެ.

ދާންދޫގެ ދެޖިންސުގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މިރޭސް ކުރިޔަށް ގެންދާނީ މިމަހުގެ 9 ވަނަ ދުވަހު އެވެ. ރޭހުގައި ބައިވެރިވެވޭނީ ގިނަވެގެން 10ޓީމަށްކަމަށާއި، ޓީމެއްގައި ގިނަވެގެން ތިބޭނީ 5 މެމްބަރުންކަމަށް ކައުންސިލުން ބުނެފައި ވެއެވެ. އަދި އެކަނި ފަރުދަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެކަމަށް  ކައުންސިލުން ބުނެފައިވެއެވެ.

ރޭހުން އިނާމު ލިބޭނީ އެންމެ ގިނަ ކިލޯ ކިރާ ޓީމަކަށެވެ.އިނާމުތައް:

* 1ވަނަ ޓީމް: -/1,500ރ

* 2ވަނަ ޓީމް:  -/1,000ރ

* 3ވަނަ ޓީމް: -/750ރ

ކައުންސިލުން ބުނީ، މި ރޭހުގައި ބައިވެރިވާ ކޮންމެ އުޅަދަކަށް -/400ރ ގެ އެހީއެއް ދޭނެކަމަށާއި، އެފަދަ އެހީތެރިކަމެއް ފޯރުކޮށްދެނީ މަސް ރޭހުގައި ބައިވެރިކުރުވުމަށް ހިއްވަރު ދިނުމުގެ ގޮތުންކަމަށެވެ.

މި މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މިރޭހުގައި ބައިވެރިވާން ބޭނުންވާފަރާތްތަކުން މިމަހުގެ 16:00ގެ ކުރިން ކައުންސިލްގެެ ނަންބަރ 7633367 އަށް ގުޅައިގެން ރަޖިސްޓްރީކުރެވޭނެއެވެ.

މިރޭހުގައި ބާނާ ހުރިހާ މަހެއް ބޭނުން ކުރާނީ ”ޢީދު ބާބަކިއު“ ހެދުމަށް ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މިލިޔުމާއި ގުޅޭ