back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އާރްއެސްޑަބްލިއު ފައިނޭންސިންގ ހަމަޖެހުނު 14 ފަރާތަކަށް ވަނީ ފައިސާ ދޫކޮށްފަ: މިނިސްޓްރީ

އާރުއެސްޑަބްލިއު ފައިނޭންސިން ފެސިލިޓީގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާތަނަށް 14 ފަރާތަކަށް ފައިސާ ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، އާރުއެސްޑަބްލިއު ފައިނޭންސިން ފެސިލިޓީގެ ދެވަނަ ފިޔަވަހީ ތައާރަފްކުރި ފަހުން 59 އެޕްލިކޭޝަން ލިބިފައިވާކަމަށެވެ. އަދި ފެސިލިޓީ ދޫކުރަން ފާސްކޮށްފައިވާ 21 އެޕްލިކޭޝަންގެ ތެރެއިން 14 އެޕްލިކޭޝަންގެ ފައިނޭންސް މިހާރު ދޫކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މި ފެސިލިޓީގެ ދަށުން ފައިނޭންސްކޮށްދެނީ، މަސްދޯނިފަހަރުގައި އާރްއެސްޑަބްލިއު ސިސްޓަމް ޤާއިމްކުރުމަށާއި، ޖެނެރޭޓަރ ސެޓް ގަތުމަށާއި، ސޯލާ ޕަވަރ ޕެނަލް ސިސްޓަމް ގަތުމަށެވެ. މިފެސިލިޓީގެ ދަށުން، 2,000,000 ރުފިޔާ އާއި ހަމައަށް ފައިސާ ދޫކުރާއިރު، ފައިދާ ހިސާބު ކުރަނީ އަހަރަކަށް %6 ގެ މަގުންނެވެ. މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ދައްކައިދެނީ ސަރުކާރުންނެވެ. ގިނަވެގެން 10 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރާ ގޮތަށް މި ފެސިލިޓީގެ ދަށުން ފައިނޭންސްކޮށްދޭއިރު، 6 މަސް ދުވަސް ގްރޭސް ޕީރިއެޑްގެގޮތުގައި ހަމަޖައްސައި ދެއެވެ.

އާރުއެސްޑަބްލިއު ފައިނޭންސިން ފެސިލިޓީ ނުވަތަ މުރާބަޙާ އާރްއެސްޑަބްލިއު ފައިނޭންސިންގ ފެސިލިޓީއަކީ، އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކް(އައިޑީބީ)ގެ ”ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫޢު“ ގެ ދަށުން އޮޑިފަހަރުގައި އާރްއެސްޑަބްލިއު އެޅުމަށް، ފިޝަރީޒް މިނިސްޓްރީއާއި އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) ގުޅިގެން ހަމަޖައްސާފައިވާ ފައިނޭންސް ފެސިލިޓީ އެކެވެ.

މި ފެސިލިޓީގެ ދަށުން 110 ދޯނީގައި އާރްއެސްޑަބްލިއު ސިސްޓަމްތައް އެޅުމަށް ވަނީ ނިންމާފައިވާއިރު، 50 ފޫޓު ނުވަތަ އެއަށްވުރެ ބޮޑު މަސްދޯނިފަހަރުތަކަށް މި ފެސިިލިޓީއަށް އެދި ހުށަހެޅެއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިކަމަށް އަލަށް ބަންނަމުންދާ އުޅަނދުތަކުގައި އާރްއެސްޑަބްލިއު ސިސްޓަމާއި، ޖަނަރޭޓަރުސެޓް އެޅުމަށްވެސް މި ފެސިލީޓީގެދަށުން އެޕްލިކޭޝަން ހުށަހެޅޭނެކަަމަށެވެ.

މިލިޔުމާއި ގުޅޭ