back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލެ ނެރެފި

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލުނެރެފައިވަނީ ށ އަތޮޅުން ފެށިގެން ގދ އަތޮޅާ ހަމަޔަށެވެ. ހެނދުނު 10:00 އިން ހަވީރު 4:00 އާ ހަމަޔަށް އެ އަތޮޅުތަކަށް ނެރުނު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށެވެ. އަދި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި ކަނޑުތައްވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، މިއަދު ރާއްޖޭގެ ހުރިހައި ސަރަހައްދަކަށްވެސް ކަނޑު ގަދަވާނެކަމަށެވެ. ރާޅު ނަގާނީ 5-8 ފޫޓު އުސްމިނުގައިކަމަށް ވެސް ލަފާކޮށްފައި ވެއެވެ. އަދި، ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާކަމަށް އެއިދާރާއިން ބުނެފައި ވެއެވެ.

މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިލިޔުމާއި ގުޅޭ