back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ނޫ އިގުތިސާދު މަޝްރޫއުގެ ޖޮއިންޓް ކޯޑިނޭޝަން ކޮމިޓީގެ އެންމެ ފަހު ބައްދަލުވުން ބާއްވައިފި

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ ”ޕްރޮމޯޝަން އޮފް ބްލޫ އިކޮނަމީ އިން ފިޝަރީޒް ސެކްޓަރ އޮފް ދަ މޯލްޑިވްސް“ މަޝްރޫއުގެ ޖޮއިންޓް ކޯޑިނޭޝަން ކޮމެޓީގެ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ،  މި ބައްދަލުވުމަކީ މަޝްރޫއެ ނިންމުމުގެ ކުރިން ބާއްވާ އެންމެ ފަހުގެ ބައްދަލުވުންކަމަށެވެ. މިބައްދަލުވުމުގައި މި މަޝްރޫއިން ހާސިލުވި ކަންތައްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ފިޝަރީޒް މިނިސްޓްރީން ކުރިޔަށް ރާވާފައިވާ ގޮތްތަކާއި ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައި ވެއެވެ.

މިބައްދަލުވުމުގައި ޖައިކާގެ އޮފިޝަލުންނާއި، މިނިސްޓްރީގެ އިސް ވެރިންނާއި، މި މަޝްރޫއުގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސް ކުންފުނިތައް ތަމްސީލްކުރާ ޖަމްއިއްޔާ، މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯރޓާރސް އެސޯސިއޭޝަންގެ މަންދޫބުން ބައިވެރިވަޑައިގެންނެވިއެވެ.

2014 ވަނަ އަހާރު ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން ރިނދޫ އުރަހަ ކަންނެލީގެ ކޮލިޓީ ހިފެހެއްޓުމަށް ކުރެވިދާނެ ކަންތައްތައް ޖަޕާނާއި ރާއްޖޭގައި ދިރާސާތަކެއް ކުރެވި، ރާއްޖޭގައި އެ ކަންނެލީގެ ކޮލިޓީ ހެފެހެއްޓުމަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަނެވިފައިވެއެވެ. އަދި ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރާ އެން ގިނަ ދުވަހު ބެހެއްޓުމަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް ޕައިލެޓް ޕްރޮޖެކްޓެއް ހިންގައި، ދިރާސާތަކުގެ އަލީގައި އެން ގިނަ ދުވަހު ބެހެއްޓޭނެ ގޮތްތަކެއް ދެނެގަނެވިފައި ވެއެވެ. މީގެ އިތުރުން، މަސްވެރިކަމުގެ އުފެއްދުންތަކުގެ ކޮލިޓީ ރަނގަޅުކޮށް ”ކޮމާޝަލް ސްކޭލް“އެއްގަ މަހުގެ އުފެއްދުންތައް އުފައްދައި، މަހުގެ އުފެއްދުންތައް ބާޒާރަށް ނެރޭނެ ގޮތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ތިން ރަށެއްގައި ކުރިޔަށް ގެންގޮސްފައި ވެއެވެ.

މި މަޝްރޫއު ވިލަރެސްކުރި، ޖައިކާއިން ބުނީ، މަޝްރޫއުގެ މަސައްކަތްތައް ވަރަށް ކާމިޔާބުކަމަށާއި، ކުރިޔަށް އޮތްތާނގަ ދިވެހި ސަރުކާރާ ގުޅިގެން މިފަދަ އިތުރު މަޝްރޫއެއް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

މިލިޔުމާއި ގުޅޭ