back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އޮޑިދޯނިފަހަރު ބަނުމާއި ސިނާއީ މަސައްކަތް ކުރުމަށް އިންނަމާދޫން ބިން ކުއްޔަށް ދޫކުރަނީ

އޮޑިދޯނިފަހަރު ބަނުމާއި ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރަން އިންނަމާދޫ ކައުންސިލުން ނިންމައިފިއެވެ.

އިންނަމާދޫ ކައުންސިލުން ކުއްޔަށްދޭން ނިންމާފައިވަނީ، އެރަށުގެ ސިނާއީ މަސައްކަތްކުރާ ސަރަހައްދުން 1800އަކަފޫޓްގެ 2 ބިމެވެ. ބިން ކުއްޔަށްދޫކުރަނީ 5 އަހަރަށްވުރެ  ދިގުނޫން މުއްދަތަކަށެވެ.

ބިން ކުއްޔަށް ދޫކުރެވޭ ބޭނުންތައް:
1- ލަކުޑި އަދި ފައިބަރު އޮޑި ދޯނިފަހަރު ބަނުމުގެ މަސައްކަތްކުރުމަށް
2- ލަކުޑި އަދި ފައިބަރު އޮޑިދޯނިފަހަރު މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް
3- ލަކުޑި އަދި ފައިބަރުގެ އެކިއެކި މަސައްކަތްކުރުމަށް
4- ވަޑާންގެ ހިންގުމަށް
5- ލޯންޗ،ް ޑިންގީ ފަދަ އުޅަނދުތައް ބަނުމުގެ މަސައްކަތްކުރުމަށް
6- ލޯންޗ،ް ޑިންގީ ފަދަ އުޅަނދު މަރާމާތު ކުރުމުގެ މަސައްކަތްކުރުމަށް
7- ލަކުޑި އަދި ފައިބަރު އޮޑިދޯނިފަހަރު/ލޯންޗް/ޑިންގީ ފަދަ އުޅަނދުތައް ބަނުމާއި މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް
8- އޮޑިދޯނިފަހަރު ބަނުމާއި ސިނާއީ މަސައްކަތްތަކާއި ގުޅުންހުރި މުދަލާއި ތަކެތި ރައްކާކޮށް ގުދަންކުރުމަށް
9- ކެމިކަލް ގުދަންކުރުމަށް

ބިންކުއްޔަށް ނަގަން ބޭނުންވާ ފަރާްތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އިންނަމާދޫ ކައުންސިލުން މިހާރުވަނީ ހުޅުވާލާފައެވެ. ބީލަމުގައި ބައިވެރިވެވޭނީ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ކައުންސިލް އީ-މެއިލް: [email protected] އަށް މެއިލް ކުރުމުން ނުވަތަ ކައުންސިލްގެ ނަންބަރ: 7380052 އަށް ވައިބަރކޮށްގެންނެވެ. ބީލަމުގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ތާރީހަކީ 2025 ޖޫން 4 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ކަމަށް ކައުންސިލުން ބުނެފައި ވެއެވެ. އަދި، ބީލަން ރަޖިސްޓްރީކުރުމަށް ދީފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައިނުގަންނާނެކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް:

  • ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮސްފައިވާ ވިޔަފާރިތައް
  •  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންނަށް.
  • ރަޖިސްޓްރީކުރެވި ހިންގަމުންދާ ކުލަބު ޖަމިއްޔާތައް،
  • އަމިއްލަ ފަރުދުން

އިންނަމާދޫ ކައުންސިލުން ބުނީ، މި ބީލަމާއި ގުޅިގެން ފްރީ ބިޑް ބައްދަލުވުމެއް ނުބާއްވާނެކަމަށެވެ. އަދި، ބީލަން ހުޅުވުން އޮންނާނީ ޖޫން 15 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައި ކަމަށާއި، ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަން ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅައި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމަށް އިންނަމާދޫ ކައުންސިލުން ބުނެފައިވެއެވެ.

މިލިޔުމާއި ގުޅޭ