back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އައިއައިޓީއީ މެރިޓައިމް އެކެޑަމީއިން އައްޑޫ ސިޓީ މީދޫގައި ނިޔަމި ކޯހެއް ފަށައިފި

އައިއައިޓީއީ މެރިޓައިމް އެކެޑަމީ އިން ހިންގާ ނިޔަމިކަމުގެ ސެޓިފިކެޓް-2 ގެ ބެޗެއް އައްޑޫ ސިޓީ މީދޫގައި ފަށައިފި އެވެ.

އައްޑޫ ޓްރެވެލް އެންޑް ޓުއާޒްއާ ގުޅިގެން މީދޫ އަވަށުގައި ކުރިޔަށް ގެންދާ މި ކޯހުގައި އެކި އުމުރުފުރާތަކުގެ ޖުމްލަ 29 ފަރާތަކުން ބައިވެރިވެފައި ވެއެވެ.
އައިޔޫއެމް ކޭމްޕަހުގައި ކުރިޔަށްގެންދާ މި ކޯހަކީ، އައިއައިޓީއީ މެރިޓައިމް އެކެޑަމީ އިން ކުރިޔަށް ގެންދާ ނިޔަމިކަމުގެ ސެޓިފިކެޓް-2 ގެ 562 ވަނަ ބެޗެވެ. މި ބެޗުގެ ކިޔެވުން މާދަމާގެ ނިޔަލަށް ކުރިޔަށްދާނެކަމަށް އެ އެކެޑަމީން ބުންޏެވެ.

ނިޔަމި ކޯސް-2އަކީ، ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ ކޯހެކެވެ. މިކޯހުގައި ނެވިގޭޝަން، ކޮމިއުނިކޭޝަން، އަދި އާންމު ދޯނިތަކުގެ މައުލާމާތު ހިމެނޭ ބައިތައް އުނގަންނައިދެއެވެ.

އައިއައިޓީއީ މެރިޓައިމް އެކެޑަމީއަކީ ރާއްޖޭގައި މެރިޓައިމް ކޯސްތައް ހިންގާތާ އެންމެ ގިނަ ދުވަސްވީ އެކެޑަމީއެވެ. އެތަނުން އާންމުކޮށް ހިންގާ ކޯސްތަކުގެ ތެރޭގައި، ފަޅުވެރިންގެ ކޯސް، މެކޭނިކް ކޯސް، ނިޔަމިކަމުގެ ސެޓިފިކެޓް-1 އަދި ނިޔަމިކަމުގެ ސެޓިފިކެޓް-2 ހިމެނެއެވެ. ކޮންމެ އަހަރަކުވެސް މާލެއާއި އަތޮޅުތެރޭގައި މީގެ އެކި ބެޗުތައް ހިންގަމުންދެއެވެ. އައިއައިޓީއީ މެރިޓައިމް އެކެޑަމީއިން ބުނީ އަންނަ މަހުވެސް ތަފާތު އެކި ކޯސްތައް މާލެގައި ހިންގަން ރާވާފައިވާކަމަށެވެ.

މިލިޔުމާއި ގުޅޭ