back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިދިޔަ ހަފުތާގައި މިފްކޯއަށް މަސް ވިއްކި 264 އޮޑިއަކަށް 27.8 މިލިޔަން ރުފިޔާ

ދިވެހި މަސްކުންފުނި، މިފްކޯއިން މިދިޔަ ހަފުތާގައި އޮޑިފަހަރުން ގަތް މަހަށް 27.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ މިމަހުގެ ކުރީކޮޅު މަސްވެރިކަމަށް ނިކުތް އޮޑިފަހަރު މަދުވުމާއި، އަދި މަސްވެރިކަން ދަށްވުމުގެ ސަބަބުން މިމަހުގެ ކުރީކޮޅު މިފްކޯއަށް މަސް ގަންނަން ލިބުނު އަދަދު ދަށްވިނަމަވެސް ފާއިތުވި ދެ ހަފުތާގައި މަސްވެރިކަން ރަނގަޅުވެ މިފްކޯއަށް މަސްކިރާ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފުތާގައި 264 އޮޑިއަކުން ގަތް 2،020.15 މެޓްރިކްޓަނުގެ މަހަށް 27.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައިވާއިރު، އޭގެ ކުރީ ހަފުތާގައި 191 އޮޑިއަކުން ގަތް 1،094 މެޓްރިކްޓަނުގެ މަހަށް ވަނީ 14.4 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. ދެހަފުތާ އަޅާ ކިޔާއިރު މިއީ 13.4 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މިދިޔަ ހަފުތާގައި މިފްކޯއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިިދިޔަ ބުރާސްފަތި ދުވަހުއެވެ. އެދުވަހު 39 އޮޑިއަކުން ގަތް މަހަށް 5.2 މިލިޔަން ރުފިޔާ ދޫކޮށްފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މަސްވެރިން މިފްކޯއަށް ވިއްކާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ބަރާބަރަށް ފައިސާ ދޫކުރަމުންދާތީ، މިފްކޯއަށް އޮންނަ އިތުބާރު ބޮޑުވެ އޮޑިފަހަރުން މިފްކޯއަށް މަސްވިއްކާ މިންވަރު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ. ކުރިން ޕްރައިވެޓް ކުންފުނިތަކަށް މަސް ވިއްކި ގިނަ އޮޑިފަހަރުވެސް މިހާރު ވަަނީ މިފްކޯއަށް މަސް ވިއްކަން ފަށާފަ އެވެ.

މިލިޔުމާއި ގުޅޭ