back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ދިއްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް!

ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، އެ މަޝްރޫގެ ދަށުން ކުރެވުނު މަސައްކަތުގެ ދަށުން، ބަނދަރު ފުންކޮށް ބަނދަރުގެ ދުވާރުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިޔަށްދަނީ އެ ސަރަހައްދުގައި މޫރިންގ ބޮއިސް އާއި ބަނދަރު ބައްތި އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި، މުޅި މަޝްރޫއުގެ %91 މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 616 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 185 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 4320 އަަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.  އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 69.8 މިލިއަން ރުފިޔާއެވެ.

މިލިޔުމާއި ގުޅޭ