back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އައިއޯރާގެ ވަޒީރުންގެ ކައުންސިލްގެ 24 ވަނަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ބައިވެރިވަޑައިގެންފި

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯރާ) ގެ ކައުންސިލް އޮފް މިނިސްޓަރުންގެ 24 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.

“މުސްތަޤްބަލުގެ ޖީލުތަކަށް ދެމެހެއްޓެނިވި އިންޑިޔާ ކަނޑު” މި މައުޟޫޢުގެ ދަށުން މިއަދު އޮންލައިންކޮށް ބޭއްވި މިބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ އައިއޯރާގެ ރިޔާސަތުގެ ހައިސިއްޔަތުން ސްރީލަންކާގެ ފޮރިން މިނިސްޓަރު ވިޖިތަ ހެރަތު އެވެ. މި ބައްދަލުވުމުގައި އައިއޯރާގެ 23 މެމްބަރު ގައުމުތަކުގެ ވަޒީރުންނާއި އިސް އޮަފިޝަލުންގެ އިތުރުން، 12 ޑައިލޮގް ޕާޓްނަރުން ބައިވެރިވެ އައިއޯރާގެ ޗާޓަރުގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތަކާއި އުސޫލުތަކަށް ވައުދުވާކަން އަލުން ކަށަވަރުކޮށްދީފައިވެއެވެ. އަދި، މެމްބަރު ގައުމުތަކުން ވަނީ އައިއޯރާ ހަރުދަނާކުރުމާއި، ސަރަހައްދީ މަސްލަހަތު ހުރި ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށް، ‘ކޮލަމްބޯ ކޮމިއުނިކޭ’ ތަސްދީގުކޮށްފަ އެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓަރު އައިއޯރާގެ ކައުންސިލް އޮފް މިނިސްޓާސްގެ ރިޔާސަތުގައި/ ފޮޓޯ: ސްރީލަންކާ ފޮރިން މިނިސްޓްރީ

މި ބައްދަލުވުމުގައި، މިނިސްޓަރު ޑރ ޚަލީލް ދެއްވި ބަޔާނުގައި ކަނޑުގެ ސަލާމަތަށް ކުރިމަތިވާ ނުރައްކާތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ގަވާއިދާ ހިލާފަށް ރިޕޯޓް ނުކުރާ އަދި ގަވާއިދާ ހިލާފު (އައިޔޫޔޫ) މަސްވެރިކަން ފަދަ މުހިންމު ހިއްސާކުރެވޭ ގޮންޖެހުންތަކާ ކުރިމަތިލުމަށް އައިއޯރާއިން ސަރަހައްދީ ފެންވަރެއްގައި އަވަސް ފިޔަވަޅު އެޅުމުގެ  މުހިންމުކަން ފާހަގަކުރައްވާފައި ވެއެވެ. އަދި އައިއޯރާގެ ތަސައްވުރަށް ވާސިލުވުމަށް ކުރެވޭ ސަރަހައްދީ މަސައްކަތްތަކުގައި، އެއްބާރުލުން ދިނުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން މިނިސްޓަރުވަނީ އަރުވާފައެވެ.

އައިއޯއާރުއޭ އަކީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ މެދުގައި ސަރަހައްދީ އެއްބާރުލުމާއި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް 1997 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. ރާއްޖެ އައިއޯރާއާ ގުޅުނީ 8 ނޮވެމްބަރު 2019 ގައެވެ.

މިލިޔުމާއި ގުޅޭ