back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ ތަމްރީން ޕްރޮގްރާމެއް ކުޑަފަރީގައި!

”އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ“ ތަމްރީން ޕްރޮގްރާމެއް ނ. ކުޑަފަރީގައި ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން އިންތިޒާމުކޮށްގެން އިއްޔެ ފެށި މި ޕްރޮގްރާމްގައި 14 އަންހެންނާއި، ފިރިހެނަކު ހިމެނޭހެން ޖުމްލަ 15 ފަރާތަކުން ބައިވެރިވިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މިތަމްރީނުގައި މަހުން ތައްޔާރުކުރާ އަގުއެއްކުރި ބާވަތްތަކާއި ގުޅޭ މަޢުލޫމާތުދީ އަދި އަމަލީގޮތުން އެތަކެތި ތައްޔާރުކުރުމުގެ ފުރުޞަތު ބައިވެރިންނަށް ފަހިކޮށްދޭނެކަމަށެވެ. އަދި، ވިޔަފާރީގެ އުޞުލޫން މިފަދަ މަސައްކަތެއްކުރުމަށް ބޭނުންވާ މަޢުލޫމާތާޢި ބައެއް ހުނަރު ބައިވެރިންނަށް ދަސްކޮށްދެމުންދާނެކަމަށެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް މައުލޫމާތު ދެއްވަނީ ފިޝަރީޒް މިނިސްޓްރީގެ ފަންނީ ދެ މުވައްޒަފުންނެވެ. ޕްރޮގްރާމް މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މިލިޔުމާއި ގުޅޭ