back to top
28.6 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަރަދޫ ގޭދޮށު މަސްޕްލާންޓް ތަރައްގީކުރުމުގެ މަސައްކަތައް ބީލަމަށް ހުޅުވާލައިފި

އައްޑޫ ސިޓީ، މަރަދޫގައި ގޭދޮށު މަސްޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ.

ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން ގޭދޮށު މަސްޕްލާންޓް ތަރައްޤީކުރުމުގެ މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލީ މިއަދުއެވެ.

ސިޓީ ކައުންސިލުން ބުނީ، ބީލަންތައް ބަލައިގަތުމާއި، ބީލަންހުޅުވުން އޮންނާނީ ޖޫން 16 ވާ ބުދަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގައި ކަމަށެވެ. އަދި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ. ބިޑް ޑޮކިއުމަންޓް މޭ 20 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން، މޭ 27 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމަޔަށް ކައުންސިލް އިދާރާއިން ގަންނަން ލިބެން ހުންނާނެކަމަށާއި، މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

މިބީލަމުގައި ބައިވެރިވުމަށް ތިން ސަތޭކަ ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. ބިޑް ސެކިއުރީޓީގެ ގޮތުގައި 49،000.00ރ ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކަށް، މޭ 20 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން، މޭ 28 ވާ ބުދަ ދުވަހުގެ 14:00 އާއި ދެމެދު މެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކޮށްލެވޭނެއެވެ. އަދި، ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަނެއް މޭ 29 ވާ ހޯމަ ދުވަހުގެ 10:30 ގައި ކައުންސިލްގެ އިދާރާގައި ބޭއްވުމަށް ކައުންސިލުން ނިންމާފައި ވެއެވެ.

މިލިޔުމާއި ގުޅޭ