back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިއަދު މާރުކޭޓުގައި ރެހި ވަރަށް ތިޔާގި، ރެހި ޖޯޑެއް 10 ރުފިޔާއަށް!

މާލޭ މަސް މާރުކޭޓްގައި ރެހި ތިޔާގިވެ، ރެހި މިއަދު ވިއްކަން ހުރީ ޖޯޑެއް 10 ރުފިޔާއަށެވެ.

މާލޭ މަސް މާރުކޭޓުގައި މިއަދު ތިން ފަރާތަކުން ރެހި ވިއްކުމުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. ތިން މީހުންވެސް ރެހި ވިއްކަމުން ދަނީ ޖޯޑެއް 10 ރުފިޔާގެ ރޭޓުންނެވެ. ރެހި ވިއްކާ މީހުން ބުނީ، މާލެ ސަރަހައްދުގެ އޮޑިފަހަރުގެ އިތުރުންވެސް، އެހެން އަތޮޅުތަކުގެ ދޯނިތައް މި ދުވަސްވަރު މާލެއަށް ބަނދަރުކުރަމުންދާތީ، އެއްވެސް ދަތިކަމެއް ނެތި ރެހި ލިބެމުން އަންނަކަމަށެވެ. އެހެންކަމުން މިއަދު ސްޓޮކް ހުސްވަންދެން ޖޯޑެއް 10 ރުފިޔާއަށް ވިއްކަމުން ދާނެކަމަށް އެމީހުން ބުންޏެވެ. މި ދިޔަ ހަފުތާގައި މަސް މާރުކޭޓުގައި ރެހި ޖޯޑެއް ވިއްކަމުން ދިޔައީ 15 ރުފިޔާއަށް ޖޯޑެއްގެ މަގުންނެވެ. އެހެންކަމުން، ދެ ހަފުތާ އަޅާ ކިޔާއިރު ޖޯޑަކުން 5 ރުފިޔާ މިވަނީ އަގުހެޔޮވެފަ އެވެ.

މާރުކޭޓުގައި ކަނޑުމަހުގެ އަގު ހުރީ އެއްވަރެެއްގައި ހިފެހެއްޓިފައެވެ. ކަންނެލި ކިލޯއެއް ވިއްކަމުންދަނީ ކިލޯއެއް 40 ރުފިޔާއަށެވެ. ކަޅުބިލަމަސް ކިލޯއެއް 30 ރުފިޔާއަށް ވިއްކަންހުރި އިރު ގޮދައެއް ވިއްކަމުންދަނީ 45 ރުފިޔާގެ ރޭޓުންނެވެ.

މާލޭ މަސް މާރުކޭޓުގައި މަސްވިއްކާ ފަރާތްތަކުން ބުނީ، މި ދުވަސްވަރު މާރުކޭޓުގައި މަސް އެގުހެޔޮވިނަމަވެސް، އާންމުން މަސް ގަންނަން މާރުކޭޓަށް އަންނަ މިންވަރު އެހެން ދުވަސްވަރާ އަޅާބަލާއިރު ނިސްބަތުން މަދުކަމަށެވެ.

މިލިޔުމާއި ގުޅޭ