back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

”މައި ހުޅުމާލެ“ މަސް ރޭސް ފަށައިފި

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބާއްވާ ”މައި ހުޅުމާލެ“ މަސްރޭސް ފަށައިފި އެވެ.

މަސް ރޭސް ފެށުމުގެގޮތުން ހުޅުމާލޭ ފެރީ ޓާމިނަަލް ޕާކްގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި، މަސްރޭސް ފަށްޓަވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ.މި މަސްރޭހުގައި ރިސޯޓްތަކާއި، ސަރުކާރު ކުންފުނިތަކާއި، ވުޒާރާތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ ޓީމް ހިމެނޭގޮތުން ޖުމްލަ  64 ޓީމަކުން ބައިވެރިވިއެވެ.މުޅި ރޭހުގައި ބައިވެރިވެފައިވަނީ އެންމެ އަންހެން ޓީމެކެވެ. އެއީ ސްޓެލްކޯ ތަމްސީލުކުރާ ޓީމެކެވެ.

މައި ހުޅުމާލެ މަސް ރޭހުގައި ބައިވެރި އަންހެން ޓީމް، ޓީޟް ސްޓެލްކޯ/ ފޮޓޯ: ކެޔޮޅާ

މަހަށް ފުރި ޓީމްތައް މިރޭ 10:00 އަށް ހުޅުމާލެ ޖެޓީއަށް އަނބުރާ އަންނަން ޖެހެއެވެ. އެގަޑިއަށް އަނބުރާ ފަޅަށް ނުވަދެއްޖެނަމަ ރޭހުން ޑިސްކޮލިފައިވާނެއެވެ. މުބާރތުގެ ވަނަވަނައަށް އަންނަ ޓީމްތައް ހޮވުމާއި ނިންމުގެ ރަސްމިއްޔާތު އޮންނާނީވެސް މިރޭ10:00ގައި ފެރީޓާމިނަލް ޕާކްކުރިމަތީގައެވެ. އެއްވަނައަށްދާ ޓީމަކަށް 21،000ރ، އެންމެ ބޮޑު މަސް ބޭނޭ ފަރާތަކަށް 5،000ރ. އަދި އެންމެ މޮޅު ކެޔޮޅަށްވެސް 5،000ރ. ގެ ފައިސާގެ އިނާމެއް ދޭން އެޗްޑީސީން ވަނީ ނިންމާފަ އެވެ.

”މައި ހުޅުމާލެ“ މަސް ރޭހުން ދައްކުވައިދެނީ ފަރުމަސްވެރިކަމަށް ދިވެހިން ހުންނަ ފޯރިއެވެ. ހުރިހައި ޓީމެއްވެސް ފުރީ ވަރަށް ޖޯޝާއި ހިތްވަރާއެކުގައެވެ. އަދި ކޮންމެ ޓީމަކުންވެސް ތިބީ ރޭސް ކާމިޔާބުކުރުމުގެ އަޒުމްގައެވެ،

މިލިޔުމާއި ގުޅޭ