back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ލޯކަލް މާރުކޭޓު ސަރަހައްދުގެ ފަޅު ބޭނުންކުރާ އުޅަނދުފަހަރު ސިޓީ ކައުންސިލްގައި ރަޖިސްޓްރީކުރަން މުހުލަތެއްދީފި

މާލޭ އުތުރު ބަނދަރު ލޯކަލް މާރުކޭޓް ސަރަހައްދުގެ ފަޅު ބޭނުންކުރާ އުޅަނދުފަހަރު މާލެ ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ކުރަން، އެކައުންސިލުން މުހުލަތެއް ދީފި އެވެ.

ސިޓީ ކައުންސިލުން އުޅަނދުފަހަރު ރަޖިސްޓްރީކުރަން މުހުލަތެއް ދިނީ، ފަޅު ބޭނުންކުރާ އުޅަނދުފަހަރަށް އެ ސަރަހައްދަށް ވަދެ ނުކުތުމުގައާއި، ސަރަހައްދުން ޚިދުމަތް ހޯދުމުގައި ދިމާވަމުންދާ ދަތިތަކަށް ހައްލެއް ގެނެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމައްޓަކައި އެ ސަރަހައްދަށް ގެނައި ބައެއް ބަދަލުތަކުގެ ތެރެއިންނެވެ. މި ބަދަލުތަކާ ގުޅިގެން، ލޯކަލް މާރުކޭޓުގެ ހުޅަނގު ކަނުން ފެށިގެން ކެނދިގަސް ހިނގުމުގެ އިރުމަތީ ކަނާ ހަމައަށް ހިމެނޭ ފަޅުގެ ސަރަހައްދު ބޭނުންކުރާ ހުރިހާ އުޅަނދުފަހަރެއް އަންނަ ޖޫންމަހުގެ 30 ވަނަ ދުވަހުގެ ކުރިން ކައުސިލްގައި ރަޖިސްޓްރީކުރުމަށް މިއަދުވަނީ އާންމުކޮށް އިއުލާނުކޮށްފަ އެވެ. ރަޖިސްޓްރީކުރުމަށް ބޭނުންވާ ފޯމު ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

ކައުންސިލުން މިއަދު އިއުލާނުކޮށްފައިވާގޮތުންނަމަ، އައު އިންތިޒާމުގެ ދަށުން އެ ސަރަހައްދަށް ޚިދުމަތް ހޯދުމަށް އަންނަ މަސްދޯނި ފަހަރާއި މުދާ އުފުލާ އުޅަނދު ފަހަރުން ސަރަހައްދަށް ވަދެ ޚިދުމަތް ހޯދަން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ހުންނަ ސިޓީ ކައުންސިލްގެ ފޯސްޓްގައި ނަން ނޯޓްކުރަން ޖެހެއެވެ. އަދި 01 ޖުލައި 2025 އިން ފެށިގެން މި ސަރަހައްދުގައި އަޅާފައި ހުންނަ އުޅަނދު ފަހަރާއި، ޚިދުމަތް ހޯދާ ހުރިހާ އުޅަނދު ފަހަރުން މާލޭސިޓީގެ ފަޅުތަކާއި ބަނދަރުތައް ބެލެހެއްޓުމުގެ ޤަވާޢިދުގެ ދަށުން ފީ ނަގަމުން ގެންދާނެކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.

މާލޭ އުތުރު ބަނދަރު ލޯކަލް މާރުކޭޓް ސަރަހައްދުގެ ފަޅަކީ މަސްވެރި އުޅަނދުފަހަރާއި، އަތޮޅުތަކަށް މުދާ އުފުލާ ބޮޑެތި ބޯޓު ފަހަރު ބޭނުންކުރާ މުހިންމު ސަރަހައްދެކެވެ. ވަކިން ޚާއްޞަކޮށް މަސްމާރުކޭޓަށް މަސް ވިއްކަން އަންނަ އުޅަނދުފަހަރާއި މުދާ އަރުވާ ބޭލުމުގެ ޚިދުމަތްދޭ ފަރާތްތަކުގެ އުޅަނދުފަހަރު ގިނައިން ބޭނުންކުރާ ސަރަހައްދެކެވެ. އެހެންކަމުން މިގެނައި ބަދަލުތަކަކީ އެ ސަރަހައްދުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފަޅުގެ ޖާގަ އިތުރަށް ތަނަވަސްކޮށް، ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ގެނެވޭ ބަދަލުތަކެއްކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

މާލޭ އުތުރު ހާބަރު ފަޅު ބޭނުންކުރުމުގައި ދަތި އުނދަގޫވާ މައްސަލަތައް މަސްވެރި އަދި މުދާ އުފުލާ އުޅަނދުފަހަރުންނާއި، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަމުން އަންނަ މަދަނީ ޖަމްއިއްޔާތަކުން ސިޓީ ކައުންސިލާ ހިއްސާކޮށްފައި ވެއެވެ. މި މައްސަލަތައް ހައްލުކުރުމަށް ސިޓީ ކައުންސިލުން ކުރި މަސައްކަތުގައި މަދަނީ ޖަމްއިއްޔާތަކާއި އަދި އެމްޕީއެލްއާއެކު މަޝްވަރާތަކެއްވެސް ކޮށްފައި ވެއެވެ.

މިލިޔުމާއި ގުޅޭ