back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ފިޝަރީޒް މިނިސްޓަރު ކަނޑޫދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ތ.ކަނޑޫދޫ ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.

ފިޝަރީޒް މިނިސްޓްރީގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ މެރިކަލްޗަރ ދާއިރާގައި ހުރި ފުރުސަތުތަކާއި، އެ ދާއިރާއިން މިނިސްޓްރީން ކުރިޔަށްގެންދާ ތަމްރީނުތަކާ ގުޅޭ މައުލޫމާތު ކައުންސިލާ ހިއްސާކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އ ޢަލީ އަޝްރަޤް އާއި ފިޝަރިޒް މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވަޑައިގެންނެވި މި ބައްދަލުވުމުގައި، ފެނަކަ ކޯޕަރޭޝަނުން ތ. ވަންދޫ އަދި ތ. ހިރިލަންދޫގައި ހިންގާ އައިސްޕްލާންޓްތަކަށް ދިމާވެފައިވާ މައްސަލަ އަވަހަށް ހައްލުކުރެވިދާނެގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.

އެކިއަތޮޅުތަކުގައި މަސްވެރިންނަށް އަދި މަސްވެރިކަމުގެ ދާއިރާއިން ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ފިޝަރީޒް މިނިސްޓްރީން ދަނީ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާ ގުޅިގެން ވަރަށް ގާތުން މަސައްކަތްކުރަމުންނެވެ. އެގޮތުން މިނިސްޓަރާއި މިނިސްޓްރީގެ އިސްވެރިން ގެންދަވަނީ މިފަދަ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު ސިލްސިލާކޮށް ކައުންސިލްތަކާއެކު މަޝްވަރާކުރައްވަމުންވެ.

މިލިޔުމާއި ގުޅޭ