back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

”އިތުބާރު“ ދޯނިން ނަޑެއްލާއަށް ފޭބި މީހަކު ގެއްލިގެން ހޯދަނީ

”އިތުބާރު“ ނަމަކަށް ކިޔާ ދޯނިން ގދ. ނަޑެއްލާއަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުން ހޯދަމުންދަނީ ހދ. ނޮޅިވަރަން/ސުހާނީ، އާދަމް އިބްރާހިމް (34އ) އެވެ.

ފުލުހުން ބުނީ، އިއްޔެ 14:00 އެހާކަންހާއިރު ގދ. ނަޑެއްލާއަށް “އިތުބާރު” ދޯނި ކައިރިކުރިއިރު، އެރަށަށް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައިނުވާތީ އާއި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:25 އެހާކަންހާއިރު ކަމަށެވެ. އަދި، މައުލޫމާތު ލިބުމާއެކު ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

”މަޢުލޫމާތު ލިބުމާއެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑެއްލާއަށް ގޮސް، ރަށުތެރެއާއި އެރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވޭ. އަދި މިއަދުވެސް އޭނާ ހޯދުމަށްޓަކައި މަސައްކަތްދަނީ ކުރަމުން.“ ފުލުހުން ބުނެފައި ވެއެވެ.

އާދަމް އިބްރާހިމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7909311 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މިލިޔުމާއި ގުޅޭ