back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ފިޝަރީޒް މިނިސްޓަރާ ސުވާލެއް ކޮށްލަން ބޭނުންތަ؟

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި ސުވާލެއް ކޮށްލަން ބޭނުންވާނަމަ ހުރިހާ މަސްވެރިންނަށް މިރޭ އެފުރުސަތު އެބައޮތެވެ.

ސަރުކާރުން ސީދާ ވަޒީރުންނާއި ސުވާލު ކުރެވޭގޮތަށް ބާއްވާ ”އަހާ“ ފޯރަމްގެ ފަސްވަނަ ފޯރަމް އޮންނާނީ މިރޭ 21:00 ގަ އެވެ. ދައުލަތުގެ މީޑިއާގައި ބާއްވާ މި ފޯރަމް ކުރިޔަށްދާ ވަގުތު ފޯރަމްގައި ބައިވެރިވެ، މިނިސްޓަރާ ބޭނުން ސުވާލެއް ކޮށްލެވޭނެއެވެ. މިރޭގެ ފޯރަމްގައި ސީދާ ބައިވެރިނުވެވޭނަމަ، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ސުވާލު ފޮނުވާލެވިދާނެއެވެ. މި ފޯރަމް ޕީއެސްއެމްގެ އެކި ޕްލެޓްފޯމްތަކުން ވަގުތުން ދުރަށް ދައްކާނެއެވެ.

މިރޭގެ ފޯރަމްގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްގެ އިތުރުން، ހޯމް މިނިސްޓަރު އަލީ އިހްސާނާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އާއި އެޓާނީ ޖެނެރަލް އަހްމަދު އުުޝާމާއި އެގްރިކަލްޗަރ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ބައިވެރިވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ބާއްވާ ”އަހާ ފޯރަމް“ އަކީ، ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަޒީރުންގެ ފަރާތުން ރައްޔިތުންނަށް ދެއްވުމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިގެން ކުރިޔަށް ގެންދަވާ ފޯރަމެކެވެ. މިކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއްގެ އިތުރުން، އެމަނިކުފާނުގެ ސަރުކާރުން ވީހާވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށާއި، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވުމުގެ ގޮތުން ކުރައްވާ މަސައްކަތްޕުޅެކެވެ.

މިލިޔުމާއި ގުޅޭ