back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ވިލިނގިލީ މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލުކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި

ގއ. ވިލިނގިލީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިޔަށްދިޔައީ، އިއްޔެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ގއ. ވިލިނގިލީ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. އިއްޔެ ފިޝަރީޒް މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ގއ.ވިލިނގިލީ ދާއިރާގައި މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީކުރުމަށް ކުރެވިދާނެ މަސައަކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. އަދި އެދާއިރާގެ މަސްވެރިންނަށް ހުރި ދަތިތައް ޙައްލުކުރުމަށް ކުރެވިދާ ކަންކަމާއި ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.

ވގއ. ވިލިނގިލީ ކައުންސިލާއެކު ފިޝަރީޒް މިނިސްޓަރު ބައްދަލުކުރެއްވުން/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މި ބައްދަލުވުމުގައި، އ. ވިލިނގިލީ ދާއިރާގެ މެމްބަރު ޢާޒިމް ޢަބްދުލްޢަޒީޒާއި، ފިޝަރީޒް މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިލިޔުމާއި ގުޅޭ