back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ފިޝަރީޒް މިނިސްޓްރީގެ ރެކްރިއޭޝަން ކްލަބުން ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

ފިޝަރީޒް މިނިސްޓްރީގެ ފިޝަރީޒް ރެކްރިއޭޝަން ކްލަބް(އެފްއާރްސީ) ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި އެވެ.

ގައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް، ފިޝަރީޒް ރެކްރިއޭޝަން ކްލަބުން މިއަދު ވަނީ މިނިސްޓްރީގެ މުވައްޒަފުންގެ އާއިލާތަކަށް ޚާއްސަ ހަރަކާތެއް ހިންގާފަ އެވެ. ކުޑަކުދިންނާ ގުޅޭ ގިނަ އައިޓަމްތައް ހިމެނޭގޮތައް މިއަދު ހެނދުނު ފިޝަރީޒް މިނިސްޓްރީތެރޭގައި، ކުރިޔަށް ގެންދިޔަ މި އިވެންޓުގައި ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންގެ ކުދިންތައް ބައިވެރިވިއެވެ. އެކުދިންނަށް ޚާއްސަކޮށް ކުރިޔަށްގެންދިޔަ އައިޓަމްތަކުގެ ތެރޭގައި ދުުވަހުގެ ކޭކް ފެޅުން، ހެނދުނުގެ ސައި، ޗެސް، ކެރަމްބޯޑް، ކުލަޖެއްސުން ހިމެނެއެވެ.

ފިޝަރީޒް ރެކްރިއޭޝަން ކްލަބުން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ފިޝަރީޒް ރެކްރިއޭޝަން ކްލަބުން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މި އިވެންޓްތައް ކުރިޔަށްދިޔައިރު، މިނިސްޓަރު ވަޑައިގެން އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަ ކުރައްވައި، ކޭކު ފެޅުމުގެ ހަރަކާތުގައި ބައިވެރިވަޑައިގެންނެވި އެވެ. އަދި މިނިސްޓްރީގެ އިސް ވެރިންވެސް މި ހަރަކާތުގައި އަމަލީގޮތުން ބައިވެރިވަޑައިގެންނެވި އެވެ.

ފިޝަރީޒް ރެކްރިއޭޝަން ކްލަބުން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ގައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަހުއެވެ. ފިޝަރީޒް ރެކްރިއޭޝަން ކްލަބުން މި ދުވަސް ފާހަގަކޮށްފައިވަނީ މިނިސްޓްރީގެ މުވައްޒަފުންގެ ކުދީންނަށް އާއިލާއާއެކު މި ދުވަސް އުފާވެރި މަޖާ މާހައުލެއްގައި ފާހަގަކޮށްލުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.

މިލިޔުމާއި ގުޅޭ