އައްޑޫ ސިޓީގެ ހުޅަނގުން އޮޔާދާ ސްރީލަންކާގެ މަސްބޯޓަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
ސްރީލަންކާގެ މަސްބޯޓު ”ސަންޑާލީ ވެލެންޓިނާ“ އޮޔާދާކަމުގެ މަޢުލޫމާތު، ސްރީލްންކާގެ ކަމާއިބެހޭ އިދާރާތަކުން އެމްއެންޑީއެފް ކޯސްޓްގާޑާ ހިއްސާކޮށްފައިވަނީ މީގެ ދެދުވަސް ކުރިންނެވެ. ރިޕޯޓް ލިބުނު ހިސާބުން ހިއްސާކުރި މައުލޫމާތުގެ އެހީގައި އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ އެ ބޯޓު މޮނީޓަރކުރަމުންނެވެ.
މިއަދު އެމްއެންޑީއެފްއިން ބުނީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓުގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ”ދޮށިމޭނާ“ ގައި ސިފައިން އެ ބޯޓު އޮޔާދާ ސަރަހައްދަށް ދަތުރުކޮށްފައިވާކަމަށެވެ. އަދި، މިއަދު ހެނދުނު 08:05 ހާއިރު، އައްޑޫ ސިޓީގެ ހުޅަނގުން، 15 ނޯޓިކަލް މޭލު ބޭރުން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
”ސަންޑާލީ ވެލެންޓިނާ“ އޮޔާދާން ފެށީ އިންޖީނު ހުއްޓިގެންނެވެ. އެ ބޯޓުގައި 6 ފަޅުވެރިން ތިބި އިރު، އެ އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް އެމްއެންޑިއެފް އިން ބުނެފައި ވެއެވެ.