back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ވެލިއު އެޑްކޮށްގެން މަސް ބޭރުކުރުން: މިނިސްޓަރު

ސަރުކާރުގެ އެންމެ ބޮޑު އާމަޒަކީ ރޯމަސް ރާއްޖެއިން ބޭރުކުރުން ހުއްޓާލާ ވެލިއު އެޑްކޮށްގެން މަސް ބޭރުކުރުން ކަމުގައި ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެެވެ.

ސަރުކާރުގެ ”ހަފުތާ 14“ ގެ މަގުޗާޓުގައި ހިމެނޭ މަސްވެރިކަމުގެ ވައުދުތައް ހާސިލުވީ މިންވަރު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖެއިން އަހަރެއްގެ މައްޗަށް ބާނަމުން އަންނަނީ 120،000 ޓަނުގެ މަސްކަމަށާއި، އޭގެ ތެެރެއިން ރާއްޖެއިން ބޭރު ކުރެވެނީ 62-65 ޓަނުގެ މަސްކަމަށެވެ.

ރާއްޖެއިން ބޭރުކުރާ މަހުގެ %75 އެކްސްޕޯޓްކުރަނީ ރޯ މެޓީރިއަލްގެ ގޮތުގައިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރޯމަސް ބޭރު ކުރާ މިންވަރު ސުމަކަށް ތިރިކޮށް އެހެނިހެން ގޮތްގޮތައް މަސް ޕްރޮސެސްކޮށްގެން ބޭރު ކުރުމަށް ކަމަށެވެ،

”އަޅުގަނޑުމެންގެ އަމާޒަކަށް ވެފައި މި ވަނީ ރޯ މެޓީރިއަލް ޒީރޯ ކުރުން. އެއީ ހަމަ ދަޅުގައި ބަންދު ކޮށްގެން ނޫނީ އެހެން ޕްރޮސެސިން މެތޯޑްތަކުގައި ވެލިއެޑްކޮށްގެން މަސް ބޭރު ކުރުމަކީ އަޅުގަނޑުމެންގެ އަމާޒު.“ މިނިސްޓަރު ވިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތުން ލިބޭ ނަފާވެރިކަން އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ ސައްވުރަކީ ޑރ. މުއިއްޒުގެ ފަސް އަހަރުގެ ޒައާމަތުގައި ރާއްޖޭގެ މަސްވެރި ސިނާއަތަކީ ރާއްޖޭގެ އިގުތިޞާދަށް އެންމެ ބޮޑު އާމްދަނީ ހޯދައި، ދިވެހި ރައްޔިތުންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ފަހި ސިނާއަތަކަށް މަސްވެރިކަމުގެ ސިނާއަތު ހެދުމެވެ.

މިލިޔުމާއި ގުޅޭ