back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ހޯމަ ދުވަހުގެރޭ ބާއްވާ އަހާ ފޯރަމްގައި ފިޝަރީޒް މިނިސްޓަރު ބައިވެރިވަޑައިގަންނަވަނީ!

ވަޒީރުންނާ ސީދާ ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލައިގެން ބާއްވާ އާންމު ފޯރަމް ”އަހާ“ ގެ 5 ވަނަ ފޯރަމްގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

”އަހާ“ ސިލްސިލާގެ 5 ވަނަ ފޯރަމް އޮންނާނީ މިމަހުގެ 12ވާ ހޯމަ ދުވަހުގެ ރޭ 09:00 ގައި ދައުލަތުގެ މީޑިއާ ޕީއެސްއެމްގަ އެވެ،

މި ފަހަރުގެ ފޯރަމްގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްގެ އިތުރުން، ހޯމް މިނިސްޓަރު އަލީ އިހްސާން އާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އާއި އެޓާނީ ޖެނެރަލް އަހްމަދު އުުޝާމް އާއި އެގްރިކަލްޗަރ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ބައިވެރިވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ބާއްވާ މިފޯރަމްގައި ބައިވެރިވަޑައިގަންނަވާ ވަޒީރުންނަށް ސުވާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން، ޕީއެސްއެމް އެއަރ އެޕުން ފޯރަމްގައި ބައިވެރިވެ ވަޒީރުންނާ ސުވާލުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.އަދި މި ފޯރަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯރަމް އޮންނަ ތަނަށް ގޮސް ވަގުތުންވެސް ސުވާލު ހުށަހެޅެއެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ބޭއްވެވި އަހާ ފޯރަމްގައިވެސް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ބައިވެރިވަޑައިގެންނެވި އެވެ. އެފަހަރުގެ ފޯރަމްގައި މިނިސްޓަރު ވަނީ، މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން ކުރިޔަށްގެންދަން ރާވާފަައި މަސައްކަތްތަކަށް އަލި އަޅުއްވާލާ ފައެވެ. އަދި މަސްވެރިކަމަށާއި މަސްވެރިންނަށް އެކި ގޮތްގޮތުން ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް ފާހަގަކުރައްވައި، އެކަންކަން ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ އަދާހަމަ ހާމަކުރެއްވި އެވެ. އަދި، މަސްވެރިކަމުގެ ސިނާއަތަށާއި. މަސްވެރިންނަށް ދިމާވެފައިވާ ހުރިހާ ގޮންޖެހުމެއް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އެ ފޯރަމްގައި މިނިސްޓަރި ވަނީ ދެއްވާފަ އެވެ.

”އަހާ“ ފޯރަމަކީ، ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަޒީރުންގެ ފަރާތުން ރައްޔިތުންނަށް ދެއްވުމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިގެން ކުރިޔަށް ގެންދަވާ ފޯރަމެކެވެ. މިފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއްގެ އިތުރުން، އެމަނިކުފާނުގެ ސަރުކާރުން ވީހާވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށާއި، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވުމުގެ ގޮތުން ކުރައްވާ މަސައްކަތްޕުޅެކެވެ.

މިލިޔުމާއި ގުޅޭ