back to top
28 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ސްރީލަންކާގެ މަސްބޯޓެއް އޮޔާދާތީ ކޯސްޓްގާޑުން ދަނީ އެ އުޅަނދު މޮނީޓަރކުރަމުން: އެމްއެންޑީއެފް

އައްޑު އަތޮޅު ހުޅަނގުން ސްރީލަންކާގެ މަސްބޯޓެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ކޯސްޓްގާޑުން އެ ބޯޓްގެ ކަންކަން ވަރަށް ގާތުން ބަލައި މޮނީޓަރ ކުރަމުން އަންނަކަމަށް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑިއެފް) އިން ބުނެފިއެވެ.

ރޭ އެމްއެންޑީއެފުން ބުނީ ބޯޓް އޮތީ ސ.ހިތަދޫގެ ހުޅަނގުން 70 ނޯޓިކަލް މޭލު ބޭރުގައިކަމަށެވެ. އަދި އެ އުޅަނދު އޮޔާ އަންނަނީ އައްޑޫސިޓީ ހިތަދޫ ކޯއްޓޭއާ ދިމާލަށް ކަމަށެވެ.

”ސަންދަލި ވެލެންޓީނާ“ ނަމަކަށް ކިޔާ ބޯޓަކީ ފެހިކުލައާއި ނޫކުލަ ލާފައިވާ އުޅަނދެކެވެ. ބޯޓް އޮޔާ ދަނީ އިންޖީނު ހުއްޓިގެންކަމަށާއި، ބޯޓްގެ ފަޅުވެރިންގެ ހާލު ރަނގަޅުކަމަށް ބޯޓުން މަޢުލޫމާތު ދީފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ