back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަހުގެ އެކްސްޕޯޓް ބޮޑުތަނުން މައްޗަށް!

ދިވެހިރާއްޖެއިން މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރި މިންވަރު އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު 21,599.4 މެޓްރިކް ޓަނުގެ މަހުގެ ބާވަތްތައް އެކްސްޕޯޓްކޮށްފައި ވެއެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެކްސްޕޯޓްކުރި 14,259.9 މެޓްރިކް ޓަނުގެ މަހުގެ ބަވާތްތަކާ އަޅާކިޔާއިރު މިއީ 7،339.5 މެޓްރިކް ޓަނު އިތުރުވުމެކެވެ.

2025 ވަނަ އަހަރުގެ ފުރަތަމަ ތިން މަހަށް ބަލާއިރު ޖެނުއަރީ މަހު 5,710.9 މެޓްރިކް ޓަނުގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކޮށްފައި ވެއެވެ. އަދި، ފެބްރުއަރީމަހު 8,511.6 މެޓްރިކް ޓަނުގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކޮށްފައިވާއިރު މާރޗްމަހު 7,376.9 މެޓްރިކް ޓަނުގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކޮށްފައި ވެއެވެ.

2024 ވަނަ އަހަރުގެ މި މުދަތައްބަލާއިރު ޖެނުއަރީ މަހު އެކްސްޕޯޓްކޮށްފައިވަނީ 4,475.4 މެޓްރިކް ޓަނުގެ މަހާއި މަހުގެ އުފެއްދުންތައް ވެއެވެ. އަދި، ފެބްރުއަރީމަހު 6,024.4 މެޓްރިކް ޓަނުގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކޮށްފައިވާއިރު މާރޗްމަހު 3,760.2 މެޓްރިކް ޓަނުގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކޮށްފައި ވެއެވެ.

މިއަހަރު ފުރަތަމަ ތިން މަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މަސް ބޭރުކޮށްފައިވަނީ ގަނޑުކުރި ތާޒާ މަހުގެ ގޮތުގައެވެ. އެގޮތުން، 19,674.4 މެޓްރިކް ޓަނުގެ ގަނޑުކުރި ރޯ މަސް ބޭރުކޮށްފައިވާއިރު، އެެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި ކަޅު ބިލަމަހެވެ. މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހު 16,323.4 މެޓްރިކް ޓަނުގެ ގަނޑުކުރި ތާޒާ ކަޅުބިލަމަސް އެކްސްޕޯޓްކޮށްފައި ވެއެވެ. އަދި މި މުއްދަތުގައި 3,250.1 މެޓްރިކް ޓަނުގެ ގަނޑުކުރި ތާޒާ ރީނދޫ އުރަހަކަންނެލި އެކްސްޕޯޓްކޮށްފައި ވެއެވެ. އަދި 101 މެޓްރިކް ޓަނުގެ އެހެން ބާވަތްތަކުގެ ގަނޑުކުރި ތާޒާ ކަނޑުމަސް ވެސް މި މުއްދަތުގައި އެކްސްޕޯޓްކޮށްފައި ވެއެވެ.

މިލިޔުމާއި ގުޅޭ