back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކަނޑު ގަދަވުމާއި ގުޅިގެން ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ފުލުހުންގެ އިލްތިމާސެއް!

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ކަނޑުގަދަވުމާއި ގުޅިގެން، ޒަރޫރީ ބޭނުމަށް ފިޔަވައި އެހެން ކަނޑުދަތުރުތައް ނުކުރުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ ޚިދުމަތުން އެކްސްގައި ހިއްސާކުރި ސަމާލުގެ މެސެޖެއްގައި ބުނެފައިވަނީ،މޫސުމާބެހޭ އިދާރާއިން މޫސުން ގޯސްވެ، ކަނޑުގަދަވާނެކަމަށް ލަފާކޮށްފައިވާތީ،  ޒަރޫރީ ބޭނުމަށް ފިޔަވައި އެހެން ކަނޑުދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފެށުމުގެ ކުރިން އުޅަނދުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭކަންކަން ފުރިހަމަކުރުމަށާއި، އުޅަނދަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މީހުން ނޭރުވުމަށާއި، މުދާ ބަރު ނުކުރުމަށާއި، ދަތުރުމަތީގައި ހުރިހައި އެންމެންވެސް ލައިފް ޖެކެޓް އަޅައިގެން ތިބުމަށް އިސްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން، ދަތުރު ކުރާއިރު ސަމާލުވާންވީ ކަންތައްތަކުގެ ގޮތުގައި، ދަތުރަށް ފެށުމުގެ ކުރިން މުސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުމާބެހޭ ގައުމީ އިދާރާއިން ނެރެމުން އަންނަ މޫސުމާބެހޭ ސަމާލުތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ކަނޑުދަތުރުކުރާ އުޅަނދުފަހަރުތަކުގައި ކުއްލި ހާލަތުގައި ގުޅާނެ ނަންބަރުތައް ފެންނާނެހެން ބެހެއްޓުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ އަލިވާނެކަމަށް ލަފާކޮށްފައިވަނީ ހޮނިހިރުދުވަހުއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ބުނާގޮތުގައި މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުުރުން އެކަށީގެން ވާކަމަށް އެއިދާރާއިން ލަފާކޮށްފައި ވެއެވެ.

ވައިޖެހޭނަކަމަށް ލަފާކޮށްފައިވަނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިންބުނެފައި ވެއެވެ. އަދި، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ 4-7 ފޫޓު އިސްމިނުގަ އެވެ.

މޫސުން ގޯސްވެ، ވިއްސާރަކުރަމުންދާތީ އެންމެހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މުސުމާ ބެހޭ ގައުމީ އިދާރާއިންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މިލިޔުމާއި ގުޅޭ