back to top
28 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ބޭރުގެ 4 ގައުމެއްގެ ސިފައިންނާއެކު ކޯސްޓްގާޑުން ޑައިވިންގ ކޯހެއް ފަށައިފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(ޢެމްއެންޑީއެފް) އިން ހިންގާ 13 ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ފަށައިފިއެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތައް އެމްއެންޑީއެފްއިން ތިން މަސްދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މި ކޯހުގައި އިތުރު ހަތަރު ގައުމަކުން 6 ސިފައިން ބައިވެރިވެފައި ވެއެވެ. އެއީ، ބަންގްލަދޭޝް، މެލޭޝިއާ، ނޭޕާލް އަދި ސްރީލަންކާގެ އަސްކަރިއްޔާގެ ސިފައިންނެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.މާފިލާފުށީގައި، ކުރިޔަށްގެންދާ މި ކޯސް ފެށުމުގެ ގޮތުން އިއްޔެ ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. އެރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް  މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންގެ އިގުރާރު ލައިދެއްވީ ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ޝިޔާމެވެ. އަދި، ދަރިވަރުންނަށް އިގުރާރު ލައިދެއްވީ 13 ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގެ ކޯސް އޮފިސަރ، ކެޕްޓަން ޢަބްދުﷲ ޝާހިދެވެ.

18 ބައިވެރިންނާއެކު ކުރިޔަށްގެންދާ މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ޑައިވިންގ ތާރީޚާއި، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންގއާއި، ޑައިވިންގ އޮޕަރޭޝަންގައި ޑައިވް އިކުއިޕްމަންޓްސްއާއި އެކްސެސަރީސް ބޭނުންކުރާނެ ގޮތާއި، ޑައިވިންގ ކޮމިއުނިކޭޝަނާއި ޑައިވް ޓޭބަލްސްގެ ބޭނުމާއި، ޑައިވިންގ ސޭފްޓީ އަދި ޑައިވިންގ ސަރޗް ޕެޓާންސްއާއި، ފިޒިކަލް ޓްރޭނިންގ، ސްވިމިން އަދި ޑައިވިންގ ސްކިލްސް، ޑައިވިންގ ފަސްޓްއެއިޑް، މިޝަން ޕްލޭނިންގގެ އިތުރުން ހާލުގައިޖެހޭ އުޅަނދުފަހަރު ސަލާމަތްކުރާނެ ތަމްރީނު ހިމެނޭކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ