ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ނިންމައިފި އެވެ.
އެޗްޑީސީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބާއްވާ މި މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް އޮންލައިންކޮށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. 07 މެއިގެ ނިލަޔަށް މަސްރޭހުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
މިމަހުގެ 15 ވަނަ ދުވަހު ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ފަށާ މި ރޭސް ކުރިއަށްދާނީ އެ ދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00 އަށެވެ.
މުބާރާތުގެ އިނާމުތަކަށް ބަލާއިރު، އެންމެ ގިނަ މަސް ބޭނޭ ޓީމަކަށް 21،000ރ، އެންމެ ބޮޑު މަސް ބޭނޭ ފަރާތަކަށް 5،000ރ. އަދި އެންމެ މޮޅު ކެޔޮޅަށްވެސް 5،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
.