back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިޔަރު ދަތްއަޅައި، ޒައިދާން ނިޔާވިތާ 11 މަސް ފަހުން ރައީސް ވިދާޅުވީ އެކަމުގައި އިހުމާލެއް އޮތްތޯ ބައްލަވާނެ ކަމަށް!

ހުސްވި އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު އެމްއެމްއެންޑީއެފުން ހިންގި ކަނޑުމަތީގެ ތަމްރީމްތަކެއްގައި މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އެކަށީގެންވާ ފަރުވާ ނުލިބި، ނިޔާވި، ރ. އުނގޫފާރު ނިއުލައިފް މުޙައްމަދު ޒައިދާންގެ މަރުގެ މައްސަލައިގައި އެއްވެސް ފަރާތަކުން އިހުމާލެއް ވެފައި ވޭތޯ ބައްލަވާނެ ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ”ކެޔޮޅާ‘ ގެ ފަރާތުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބުން ބޭއިންސާފުން ކަމެއް ހިނގުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އެގޮތުން އެއްވެސް މުއައްސަސާއަކުން އެކަމުގައި އިހުމާލެއްވެފައިވާ ނަމަ އެކަމެއް ބެލުން އެއީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށާއި ހަމަހަމަ ކަމާއި އެކު އެކަން ކުރައްވާނޭ ކަމުގައި ރައީސް ވިދާޅުވިއެވެ.

ޒައިދާން ނިޔާވީ، އޭނާގެ ދެފަޔަށް މިޔަރު ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް، ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ހާދިސާ ހިނގުމާއި، ޒައިދާން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެނެވުމާއި ދެމެދު 2 ގަޑިއިރާއި 20 މިނިޓް ހޭދަވިކަމަށް އެނގިފައިވެއެވެ.

ޒައިދާންގެ މަރުގެ މައްސަލައިގައި އިހުމާލުވުމުގެ ތުހުމަތުތައް އޮތީ އެމްއެންޑީއެފަށް ކަމަށްވާއިރު އެކަމުގެ ތަޙްޤީޤުކޮށްފައި ވަނީވެސް އެމްއެންޑީއެފުންނެވެ. އެމްއެންޑީއެފުން ކުރި ތަޙްޤީޤުގެ ރިޕޯޓުވެސް އޮތީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައެވެ. އެތަޙްޤީޤުން ފާހަގަވީ ކަންކަމާއި އެޅި ފިޔަވަޅުތަކަކީ ކޮބައިކަމެއް އެއްވެސް ފަރާތަކަށް އެނގިފައި ނުވާއިރު، ސިފައިންނާއި ފުލުހުންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވިދާޅުވީ އެކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނެތްކަމަށެވެ.

މިލިޔުމާއި ގުޅޭ