back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ބުރުނު ބޮމަ، މަސްބޭނުމުގެ މުބާރާތް ރޭ ފަތިހު ފަށައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސްޕޯޓްސް ފިޝިން މުބާރާތް ކަމަށްވާ ”ބުރުނު ބޮމަ“ މިއަދު ފަށައިފިއެވެ.

މިމުބާރާތް ފަށާފައި ވަނީ ރޭ ފަތިހު 5:00 އިން ފެށިގެންނެވެ. މުބާރާތުގެ މަސްބޭނުން ކުރިޔަށްދާނީ، 4 މެއި 2025 ވާ އާދީއްތަ ދުވަހުގެ އިރު އޮއްސި 6:00ގެ ނިޔަލަށް ކަމުގައި، ވިޒިޓް މޯލްޑިވްސް ކުލަބުން ބުނެފައިވެއެވެ.

ސްޕޯޓްސް ފިޝިން މިމުބާރާތުގައި ބައިވެރިވި ޓީމްތައް އިއްޔެ އާއި ރޭ ވަނީ، އެފަރާތްތަކުން މަސް ބޭނުމަށް ބޭނުންވާ ސަރަހައްދުތަކަށް ދަތުރުކޮށްފައެވެ. މުބާރާތުގައި ޖުމުލަ 9 ޓީމެއް ބައިވެރިވެފައި ވާއިރު، ރާއްޖެއިން ބޭރުގެ އެންގަލަރުންވެސް މި މުބާރާތުގައި ބައިވެރިވެފައި ވެއެވެ. ރާއްޖޭގެ ސްޕޯޓް ފިޝިންގގެ ގްލޯބަލް އެމްބެސެޑަރު، ފްލައި ނަވާރޯވެސް މި މުބާރާތުގައި ބައިވެރިވެއެވެ. އޭނާއަކީ ދުނިޔޭގެ ނަން މަޝްހޫރު ކުޅަދާނަ އެންގަލަރެކެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ، ސައިރެން އޮފް ދަ ސީ، ކެޕްޓަން ބޯޓު ކުލަބް، ސައިލެންޓް ހަންޓާ، ބަރޮސް މޯލްޑިވްސް، އިފުރު، ޓީމް ދުބާއީ، މަލަހިނި، ޝުރޫނޯ އަދި ޑޭޝް މޯލްޑިވްސް އެވެ.

މިއީ ބައިނަލްއަޤުވާމީ ޓީމުތަކަށްވެސް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ، ސްޕޯޓްސް ފިޝިންގެ އެންމެ ބޮޑު މުބާރާތެވެ. މިމުބާރާތް ރާވައި އިންތިޒާމް ކުރަނީ، މޯލްޑިވްސް މަރކެޓިންގް އެންޑް ޕަބްރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) ގެ ވިޒިޓް މޯލްޑިވްސް ކްލަބް (ވީއެމްސީ) އިންނެވެ.

މިލިޔުމާއި ގުޅޭ