back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް: ރައީސް

ކާބަފައި ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ، ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ މުނާސަބާގައި ފޮނުއްވި ތަޙްނިޔާގެ މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެޔާއިދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ދަންނަވާ ކަމަށެވެ.
ރާއްޖޭގައި ކުރެވޭ ދޮށީގެ މަސްވެރިކަމަކީ، ދުނިޔެ ބަލައިގެންފައިވާ ދެމެހެއްޓެނިވި މަސްވެރިކަމެކެވެ.

މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީ ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއްވަޢުދެވެ. މިގޮތުން މަސްވެރިންބާނާ މަހަށް 48 ގަޑި އިރުގެ ތެރޭގައި ފައިސާ ދޫކުރުމާއި، ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ކަންނެލި ގަތުމާއި، މަސްވެރިންނަކީވެސް އެހެން ވަޒީފާތަކުގައި އުޅޭ މީހުންނެކޭ އެއްގޮތަށް ބޭންކިން ނިޒާމުގެ ތެރެއިން ޚިދުމަތްތައް ލިބޭނެ ބަޔަކަށް ހައްދަވައިދެއްވުން އެމަނިކުފާނުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނުއްވާފައިވެއެވެ.

މިލިޔުމާއި ގުޅޭ